ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން މިނިވަން ކުރުމަށް ގޮވާލަން ނަޝީދުވެސް މެޑަމް ފާތުންއާއިއެކު!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، އަބްދު ﷲ ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި، އެމްޑިޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންފިއެވެ.

މި އެއްވުން އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ޖަގަހައެއް ހުޅުވުމަށް މިރޭ ހެންވޭރުގައި ބޭއްވި ޖަލްސާއަކަށް ފަހުއެވެ. ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ ބޭއްވި ސުލްޙަވެރި އެއްވުމުގައި ރައީސް ޔާމީންގެ އަނބިކަނބަލުން، ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް ދީދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހިނގާލުމުގެ ވަކި ހިސާބަކުން ފެނިގެންދިޔައީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެއްވުމުގެ ބައިވެރިންނާއި ގުޅިވަޑައިގެންނެވި މަންޒަރެވެ.

ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ ބޭއްވި އެއްވުމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ނަޝީދު ވަނީ މެޑަމް ފާތުންނާއި ބައްދަލުކުރައްވާފައެވެ. އަދި ދެ ބޭފުޅުން އެކުގައި ފޮޓޯއަކަށް ހުއްޓިވަޑައި ގެންނެވުމަށްފަހު، ދެން ފެނިގެންދިޔައީ “ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ” ރައީސް ނަޝީދާއި މެޑަމް ފާތުން އެކުގައި އަޑު އުފުލަމުންދިޔަ މަންޒަރެވެ. މިރޭގެ އެއްވުމަކީ މެޑަމް ފާތުން ފަހުގެ ތާރީހެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ސިޔާސީ ހަރަކާތަށްވާއިރު، ވަރަށް ގިނަ އަދެއްދެއްގެ ބަޔަކު ވަނީ މި އެއްވުމުގައި ބައިވެރިވެފައެވެ. އަނެއްކޮޅުން މިއީ ޕީޕީއެމްގެ “ސީދާ ހަރަކާތެއްގައި” ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެން، ރައީސް ޔާމީން ދޫކޮށްލަން ގޮވާލެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ނަޝީދާއި މެޑަމް ފާތުން އެކުގައި ނިކުމެވަޑައިގެން ރައީސް ޔާމީން ދޫކޮށްލަން ގޮވާލައްވާފައި މިވަނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ރައީސް ޔާމީންގެ ތާއީދު ނެތްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ބުނާގޮތުން ރައީސް ޔާމީންގެ ތާއީދު މުއިއްޒުއަށް އެބައޮތެވެ. ނަމަވެސް “އިންތިހާބު ބޮއިކަޓް” ކުރަން ރައީސް ޔާމީން ފޮނުއްވިފަދަ ޖަލު ނޯޓެއްހާ ހިސާބުވެސް މިހާތަނަށް މިކަމުގައި ފޮނުއްވި ކަމެއް ނޭނގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: