ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ކެމްޕެއިން ދަތުރުތައް ނިންމާލައިފި!

ގާސިމް ހަނިމާދޫގެ ރައްޔިތުންނާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ނިންމާލައިފިއެވެ.

ޖޭޕީގެ ރިޔާސީ ކެމްޕެއިންގެ ދަތުރުތައް ފެށީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގައިކަމަށްވާއިރު، އެމަނިކުފާނަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ރާއްޖޭގެ 13 އަތޮޅަކަށް ދަތުރުކުރެއްވިފައިވެއެވެ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އަދި ކެމްޕެއިން ޓީމުން އެންމެ ފަހުން ޒިޔާރަތްކުރެއްވީ ހއ އޮތޮޅުގެ ރަށްތަކަށެވެ.

އެގޮތުން ގާސިމް ހދ ށ އަދި ނ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންނެވިއިރު، ހއ ރ އޮތޮޅާއޮ ބ އަތޮޅުގެ އިތުރުން ޅ އޮތޅާއި އއ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރެއްވިކަން ފާހަގަކުރެވެއެވެ. އެމަނިކުފާނުވަނީ ލ އަޮތޅަށާއި ގއ އަތޮޅުގެ އިތުރުން ތިނަދޫ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލަކަށްވެސް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ.

ގާސިމްގެ ކެމްޕެއިން ނިންމަވާލެއްވިއިރު، އެ މަނާކުފާނުގެ ކެމްޕެއިންގެ ތެރެއިން ގައުމުގެ މިނިވަންކަން ގެއްލިފައިވާ ވާހަކަތަކާއި ސަރުކާރުން މާލީ ހިޔާނާތްތަކެއްވަމުންދާކަމުގެ ވާހަކަތަކުގެ އިތުރުން ގައުމުގެ އިގްތިސާދު އާރާސްތުކުރުމާއި އިޖްތިމާއި ހަމަޖެހުން އަދި ގެނެސްދެއްވުމަށް ކަނޑައެޅިފައިވާ ތަރައްގީތަކުގެ އިތުރުން އެހެނިހެން ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ. ޖޭޕީއިންވަނީ ގާސިމް އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރާނެކަމަށް ބުނެ ދެކެވޭ ވާހަތަކަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހިގެން ދިރިއުޅެވެނީ ވިލާ ކުންފުނީގެ ސަބަބުންކަމަށާއި ރާއްޖޭގައި ލިބެމުންދާ ހިދުމަތްތަކުގެ އަގުތައް ތިރިކުރުމުގައި ވިލާ ކުންފުނިން އިސް ދައުރެއް އަދާކުރައްވާފައިވާކަމަށް ބުނެފައިވާއިރު، ރާއްޖޭގެ ރައްޔިތުންނަށްޓަކައި ގާސިމް އަމިއްލައަށް 40 އަހަރު ދުވަހުން އެއްކުރެއްވި މާލިއްޔާތުން 60 އިންސައްތައަށްވުރެ ހަރަދުކޮށްފައިވާކަމަށްވެސް އެ ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން ނައިބު ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: