ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބުރުން އިންތިހާބު ކާމިޔާބުކޮށް، ތައްގަނޑު ޖަހާނީ އެއްމެ ފުރަތަމަ އައްޑޫއިން: ރައީސް

ފޮޓޯ: އެމްޑިޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ސީލްކޮށް ތައްގަނޑު ޖަހާނީ އެއްމެ ފުރަތަމަ އައްޑޫ ސިޓީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގައި ބޭއްވި “އުފާވެރި އައްޑޫ، އުފާވެރި އަމާންރާއްޖެ” ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ގަމަށް ވަޑައިގެން ތިއްބެވި ރައްޔިތުންނަށް ބާލާލި ކަމުގައި ވިނަމަވެސް އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ފެނި ވަޑާއިގަންނަވާކަމަށެވެ. އައްޑޫ އަބަދުވެސް އެމްޑީޕީއާއި އެކު ދެގޮތެއްނުވެ އޮންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިންތިހާބު ކާމިޔާބު ކުރުމުގެ އެންމެ ކުރީގައި ހުރީވެސް އައްޑޫ ސިޓީ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ދުވަހަކީ ދިވެހި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހިފަހައްޓާ ވަލުގެ އެއްކޮޅު ހިތަދޫގެ މޫލެކެޑެއިން ފައްޓާ ދުވަސް ކަމުގައެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ޑިމޮކްރެޓިކް ހަޔާތުން ފެންނަ އެންމެ ހާއްސަ ކަމަކީ ހެވެއްހޯދުމަށާއި އަދި ރަނގަޅެއް ހޯދުމަށް އެންމެ ފުރަތަމަ އައްޑޫ ރައްޔިތުން ކުރައްވާ ކަމަކީ ބުރަ މަސައްކަތް ކުރެއްވުން ކަމަށެވެ. އޭގެ އެއްމިސާލެއް ކަމަށް ރައީސް ވިދާޅުވީ އެމްޑީޕީ އުފެދިގެން އައިރުވީ ގުރުބާނީއަކީ ސިއްރިއާތުގައި އަޑު ބަދަލުކޮށްގެން ވާހަކަ ދެއްކި މީހުން އައްޑޫގައި ތިއްބެވި ކަމަށާއި، މުޒާހަރާއަކަށް އައުމަށް ގޮވާލުމުން މާލެ އަށް އައްޑޫއިން ކަނޑުގައި ދަތުރުކުރު ކޮށްފައި ދާކަމަށާއި، އަދި ކަރުނަ ގޭހާއި ޖަލުގެ ކުޑަގޮޅި ދެކުނު އެތަށް ރައްޔިތުންނެއް އައްޑޫގައި ތިބި ކަމަށެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އެމަނިކުފާނު ހޭދަ ކުރެއްވީ އައްޑޫ ސިޓީގެ ރައްޔިތުން އެމަނިކުފާނާއި ހަވާލު ކުރެއްވި މެނިފެސްޓޯ ތަންފީޒު ކުރައްވަން ކަމަށެވެ. އެހެން ކަމުން މިއަދު އޭގެ ރީތި މަންޒަރު ފެނިވަޑައިގަންވާ ކަމަށް ރައީސް ވިދާޅުވިއެވެ. 190 ހެކްޓަރު ބިން ހިއްކާފައިވާކަމާއި، މުޅިން އަލަށް އުފެއްދި ފަސް ރިސޯޓުގެ ތެރެއިން 3 ރިސޯޓު ހިއްކާ ނިމިފައިވާކަމާއި،  124 ކިލޯމީޓަރުގެ މަގުތަށް ޒަމާނީ ފެންވަރަށް ހަދައި ތާރު އަޅަމުންދާކަމަށާއި، ސަންގިރިއްލާ އަށް ދާއިމީ ހައްލެއްގެންނަމުން ދާކަމާއި، ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި 1984 ވަނަ އަހަރު ހަރުކޮށްފައިވާ އިކުއިޕްމަންޓުތަށް ބަދަލު ކުރުމާއި އަދި ހަންކެނޑެ އިންޓަގްރޭޓެޑް ޕްރޮޖެޗްޓުގައި ސޮއިކޮށް އެތަނުގެ މަސައްކަތް ފަށަން ތައްޔާރުވެފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީ ކުރަނީ ރާއްޖޭގެ އެއް މާތް ހަބުގެ ގޮތުގައި ކަމަށެވެ.

ރައީސް ސާލިހް ވިދާޅުވީ މިހާތަނަށް އައިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ވަކި ދިމާއަކަށް އުފުލި ދެކޮޅަށް ތިރިވެފައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އުތުރަށާއި ދެކުނަށް ބޮޑު ބަދަލެއް ގެނެސްދެއްވާފައި ވާކަމަށެވެ. ގެނެސްދެއްވާ ބަދަލަކީ މާފަރު އިންޓަނޭޝަނަލް އެއާޕޯރޓު ތަރައްގީކުރައްވަމުން އަންނަ ކަމާއި، ކައްދޫ އެއާޕޯޓާއި، ތިނަދޫ އާއި، ގއ. ވިލިނގިއްޔަށް ބޮޑު ބަދަލެއް ގެނެސްދެއްވާ ކަމާއި އަދި އައްޑޫ ސިޓީއަށް ދުވަހަކުވެސް ނާންނަފަދަ ބޮޑު ބަދަލެއް ގެނެސްދެއްވުން ކަމުގައެވެ.

ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ދިމާވި ދައްޗާ ގޮންޖެހުންތަށް، ކޮވިޑްގެ އާލަމީ ވަބާއަށް ކުރިމަތިލާން ޖެހި އަދި އެކަމުން އަރައިނުގަނެވި އުޅެނިކޮށް ޔޫކްރެއިން ރަޝިޔާގެ ހަނަގުރާމަ ކުރިމަތިވި ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެ ރާއްޖޭގެ ތެރެއިންވެސް އެތަށް އުނދަގުލެއް ކުރިމަތިވި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަމުން އަރައިގަނެ، ކެތްތެރިކަމާއެކު މަސައްކަތް ކުރެއްވީ ވޭތުވެދިޔަ 5 އަހަރު ރައްޔިތުން ހަވާލުކުރެއްވި މެނިފެސްޓޯއާއި، އަދި އެމަނިކުފާނަށް ވޯޓުދެއްވި ސަބަބު ދެނެގަނެ ރައްޔިތުންނަށް އެކަންކަން ފޯރުކޮށްދެއްވުމުން ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަދު އިންތިހާބަށް ކުރިމަތިލައްވައިގެން ހުންނެވީ ހިންހަމަޖެހިވަޑައިގެން ކަމަށެވެ. ރައްޔިތުންނަށް ކަމެއް ކޮށްދެވިއްޖެ ކަމުގެ އުފާ މިއަދު އިހުސާސް ކުރެއްވޭ ކަމަށް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުނަނަށް ބޭނުންވި ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމައްޓަކައި ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ގެދޮރު އިމާރާތް ކުރުމަށްޓަކައި ލުއިފަސޭހަ ގޮތަކަށް ފައިސާ ލިބޭނެ ގޮތް ހައްދަވާ ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ހައުސިން ޔުނިޓް ފުލްޓުގެ ފުރަތަމަ ބުރުގައި 1000 ފުލެޓު އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހިއްކި ބިންތަކުގައި ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގުތަށް ހައްދަވައިދެއްވާ، އައްޑޫގައި އިންޑަސްޓްރިއަލް ޒޯންއެއް ގާއިމް ކޮށްދެއްވާ ވަކިން ހާއްސަކޮސް ވެހިކަލް އެތެރެކުރައްވާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަށް އެތަނުގައި ގާއިމްކޮށް ވެހިކަލް މަރާމާތުކުރުމަށް ބޭނުންވާ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނުތަށް ފޯރުކޮށްދެއްވާ، އެތަކެތި ރީ އެކްސްޕޯޓު ކުރެވޭނެ ގޮތް ހައްދަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެސްޓީއޯ އަދި މާލްޑިވްސް ގޭސްއިން ވިއްކާ މުދާ މާލެއެކޭ އެއްއަގެއްގައި، ހިލަޔާއި ހިލަވެއްޔާއި ވިއްކުމަޓަކައި ގެންނަން ޖެހޭ ބަދަލުތަށް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޒަމާނީ ވިޔަފާރީގެ ހަބަކަށް އައްޑޫ ހެދުމައްޓަކައި ބިޒްނަސް އިންކިއުބޭޝަން ސެންޓަރާއި ކޯ ވޯކިންސްޕޭސް އަދި ކޮންފަރެނަސް ފެސިލިޓި އެއް ގާއިމްކޮށްދެއްވާނެ ކަމަށާއި، އައްޑޫގައި ހިމާޔަތް ކޮށްފައިވާ ތަންތަނުގައި އެކޯ ޓޫރިޒަމް ތައާރަފްކޮށް އެކަން ފައްޓަވާނެކަމަށާއި، އައްޑޫ ސިޓީގެ ޒުވާނުންނަށް ރޭސިން ޓްރެކެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށުގައި ކުޅިވަރު ކުޅެވޭނެ ފެސިލިޓީއަކާއި، ޕިކްނިކް އައިލެންޑް އަކާއި، ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޑިސްއެބިލިޓީ މެނޭޖުމެންޓު ސެންޓަރެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: