ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ދޫކޮށްލާ، އެހުރީ ބޮޑުތަނުން ފެއިލްވެފަ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ”ދަ ޑިމޮކްރެޓްސް“ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އީވާ އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދޫކޮށްލެއްވުމަށް ގޮވާލާކަމަށާއި އެމަނިކުފާނު ބޮޑުތަނުން ފެއިލްވެފައިވާކަމަށް މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި އިވާ ވަނީ ރައީސް ސާލިހު ފެއިލްވެފައިވާކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ދޫކޮށްލެއްވުމަށް ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ފަސް އަހަރުގެ ދައުރެއް ފެނިއްޖެކަމަށާއި އިތުރު ފަސް އަހަރުގެ ދައުރެއް ދެކެން ބޭނުން ނުވާކަމަށެވެ. އީވާ ވިދާޅުވީ، ރައީސް ސާލިހު އަމިއްލައަށް ފައްޓަވާ ނިންމެވި އެންމެ ޕްރޮޖެކްޓެއްވެސް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތްތައް ނަމަވެސް ނުވަތަ މާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުނަމަވެސް ނިންމިފައިނުވާކަމަށާއި އެގޮތުގެ މަތީ ފަސް އަހަރުގެ ދައުރެއް ނިންމާލެއްވުމަށްފަހު މި ދައުރުގެ ވައުދުތައް ފުއްދުމަށް އިތުރު ދައުރެއް ދިނުމަށް ރައީސް އެދިވަޑައިގެންނަވަމުންދާކަމަށެވެ.

އީވާ ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްތަކެއް ކުރެވިފައިވާނަމަ މާލޭގެ ބޯހިޔާވަހިކަމުގެ ވާހަކަތައް ދައްކާއިރު ދެއްކެން އޮންނާނީ ކަނޑު މެދު އެކަނި ނޫންކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރެވުނު ނަމަ ކޮންމެވެސް އެއްޗެއް ދިއްކޮށްލެވުނީސްކަމަށެވެ. އެހެންނަމަވެސް ފަސް އަހަރުގެ ދައުރެއް ނިންމާލެއްވީ އެޅިގަލަށް ހިދުމަތްކުރުމުގައިކަމަށާއި މުޅި ދުނިޔެއިންވެސް ތަރައްގީގެ މިންގަނޑު ހުރިވަރު ބަލަނީ އެ ގައުމެއްގައި ފަރުދީ ތަނަވަސްކަމާއި އަބުރުވެރި ހަޔާތެއް ދިރިއުޅުމުގެ ފުރުސަތު އޮތް މިންވަރަށް ރިއާޔަތްކޮށްގެން ކަމަށްވާނަމަވެސް ރައީސް ދައުރެއް ނިންމަވާލެއްވީ ތަރައްގީއަކީ ކޮންސްޓްރަކްޝަން މަސައްކަތްކުރުންކަމަށް ބައްލަވައިގެންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ފަސް އަހަރުގެ ދައުރެއް ނިންމަވާލެއްވީ ވަށާ ފާރެއް ރޭނުމަކީ ބްރޭކިންގް ނިއުސްއަށް ހައްދަވައިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: