ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރަށްވުރެ ބޮޑަށް ހަރުކަށި ފިކުރަށް ޖާގަދޭނެ ސަރުކާރެއް އައިސްދާނެކަމަށް ދެކެން ދަތި: ރައީސް ނަޝީދު

ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށްވުރެ ބޮޑަށް “ހަރުކަށި ފިކުރަށް” ޖާގަދިން ސަރުކާރެއް ފެނިދާނެކަމަށް ގަބޫލުނުކުރެއްވޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުމުުގެ ފުރަތަމަ ބުރު ނިމި، ޕީއެންސީގެ ކެންޑިޑޭޓަށް ކުރި ލިބި، އެމްޑީޕީއަށް ދެވަނަ އަދި ޑިމޮކްރެޓްސްއަށް ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިފައިވާއިރު، ޑިމޮކްރެޓްސްއިން ތާއީދުކުރާނީ ކޮން ޕާޓީއަކަށްތޯ ގިނަ އަދަދެއްގެ މީހުންދަނީ ސުވާލު ކުރަމުންނެވެ. ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ރައީސް ސާލިހުގެ ސަރުކާރަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.

އެގޮތުން ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގައި “ހަރުކަށި ފިކުރު” އާލާކުރާނެކަމަށް ބުނެ އެމްޑީޕީއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާ ޕްލެޓުފޯރމތަކުގައި ފާހަގަކުރަމުންދާއިރު، ރައީސް ނަޝީދު ވިދާޅުވީ، މިދިޔަ ފަސް އަހަރަށްވުރެ ބޮޑަށް “ހަރުކަށި ފިކުރަށް” ޖާގަދިން ބަޔަކު އަދި އެފަދަ ފިކުރެއްގެ މަތިން ކަންކަން އިތުރަށް ކަންކަން ތަންފީޒުކުރާނެ ސަރުކާރެއް އައިސްދާނެކަމުގެ ބިރުވެރިކަމެއް އޮތްކަމަށް ދެކިވަޑައިގަންނަވަން ދަތިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓަރ މެދުވެރިކޮށްވެސް ރައީސް ސާލިހަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ސާލިހާއި ދުރުވުމާއިމެދު އެމްޑީޕީ އަދި ޕާޓީގެ މެމްބަރުން ވިސްނަންވެއްޖެކަމަށާއި ޕީޕީއެމް އާއިއެކު ގުޅިފައިވާ ސަރުކާރެއް ގާއިމުކުރަން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: