ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެދުނު ހިސާބުތައް ގޯސް: ފައްޔާޒް

ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއުގެ އަމަލޫ މަސައްކަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އޮތްކަމަށް ފެނިގެންދާ ތާއީދަށް ރިއާޔަތްކޮށް ހެއްދެވި ހިސާބު ގޯސްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަމަތަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ރައީސް ސާލިހުގެ މައްޗަށް ކުރި ހޯއްދެވުމާއިއެކު، ގިނަ އަދަދެއްގެ މީހުންދަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ފައްޔާޒްއަށް ފާޑުކިޔަމުންނެވެ. އޭނާ އަށް ފާޑުކިޔަމުންދަނީ އިންތިހާބު ކާމިޔާބުކުރެއްވޭނެކަމަށް ވިދާޅުވެފައިވުމާއިއެކުއެވެ. އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ފައްޔާޒުވަނީ ކެމެޕެއިން ޑާޓާ ބަލަހައްޓަވަނީ އޭނާކަަމަށް ވިދާޅުވެފައެވެ.

ފައްޔާޒު އަމިއްލަ ސޯޝަލްމީޑިއާ އެކައުންޓު މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އަށް ހެއްދެވުނު ހިސާބުތައް ގޯސްކަމަށް އެއްބަސްވެވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް އިންތިހާބު ކާމިޔާބުކުރެއްވުމަށް ކުރަންޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތައް ސާފުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ކެމްޕެއިން ރުކުރުވާލާ ދެން ނުކުންނާނީ ބުރަ މަސައްކަތްތަކެއް ކޮށްގެން އިންތިހާބު ކާމިޔާބުކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ، ނުކުންނާނީ ދިވެހިރާއްޖެ އަނިޔާވެރިކަމާއި ދިމާލަށް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: