ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާ ކޮށްފި

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސްކަމުގެ މަގާމުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަަށް އެމްޑީޕީގެ ޕާލިމަންތް ގުރޫޕް (ޕީޖީ) ހުށައެޅި މައްސަލަ މާދަމާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅީ އެމަނިކުފާނު އެމްޑީޕީއިން އިސްތިއުފާ ދެއްވުމުގެ ކުރިންނެވެ. ޖޫން މަހު ހުށައެޅި މި މައްސަލަގައި، ގަވާއިދުގައިވާ ގޮތުގެ މަތިން 14 ދުވަހުގެ ނޯޓިސްވެސް ރައީސް ނަޝީދަށް ފޮނުވިއެވެ.

ނަމަވެސް މައްސަލަ އެޖެންޑާ ނުކުރުމާއި، އެންޑާ ކުރި ނަމަވެސް ކުރިއަށް ނުގޮސްވަނިކޮށް މަޖިލީސް ވަނީ ޗުއްޓީއަށް ގޮސްފައެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވި ނަމަވެސް މައްސަލަ ކުރިއަކަަށް ނުދެއެވެ.

ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެމަނިކުފާނުގެ އިތުބަރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދަނީ، ދާދި އެކު އެކީގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމަށް ހުށައެޅުމާއި ގުޅިގެންނެވެ. އެއާއިއެކު މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީއިން ވަކިވުމުން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ތަމްސީލުވާ ނިސްބަތަކަށް ބަދަލު ގެނައުމުގެ މަސައްކަތްކުރުމަށް އެކަށީގެންވާ މަޝްވަރާއެއް ނުކުރެވުމުންނެވެ. އޭގެ ތެރޭގައި އާންމު ކޮމިޓީ ހިމެނޭއިރު، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ބަހުސް ކުރުމާއި ދިފާއުވުމުގެ ވަގުތު އެ ކޮމިޓީން ކަނޑައަޅަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: