ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ގައުމީ މަޖިލީހާއެކު ރައީސް ސޯލިހު ބައްދަލުވުމަކަށް!

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ރައީސް އިބްރާިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ދަށް ނަތީޖާއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕާޓީ އޮފީހުގައި ގައުމީ މަޖިލީހުގެ މެމްބަރުންނާ ބައްދަލު ކުރައްވައިފި އެވެ.

އެއްބުރުން އިންތިހާބު ކާމިޔާބުކޮށް، 56 އިންސައްތަ ވޯޓު ލިބޭނެކަމަށް ތަކުރާރުކޮށް ބުނަމުން ދަނިކޮށް ވަގުތީ ނަތީޖާތައް ދައްކާގޮތުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،164 ވޯޓެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި 101،058 ވޯޓާއި އެކު އިންތިހާބުގައި 45 އިންސައްތަ ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަނާއި އެކު ނިކުމެ ލިބުނު ނަތީޖާއަށް ރައީސް ސޯލިހު ވިދާޅުވީ ގޯސްތަކެއް ހެދުނުކަން ގަބޫލު ކުރާކަމަށާއި، އެކަންކަން ބަލައި ދެނެގަނެ ދެވަނަ ބުރު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އިތުރު އެހެން ބައެއް ޕާޓީތަކާއި އެކު ދެވަނަ ބުރުގެ މަޝްވަރާއަށް ދާނެކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، ޑިމޮކްރެޓްސް ފިޔަވައި ރިޔާސީ އިންތިހާބުގައި ވާދަ ކުރި އެހެން ޕާޓީތައް ލިބިފައި ވަނީ ވަރަށް ދަށް ނަތީޖާއެކެވެ. އެގޮތުން ޑިމޮކްރެޓްސްއަށް ހަތް އިންސައްތަ ލިބުނުއިރު، އެހެން ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ލިބިފައި ވަނީ ދެ އިންސައްތައަށް ވުރެ ވެސް ދަށުންނެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްގެ ނިންމުން އަދި މިހާތަނަށް ސާފުނުވީ ނަމަވެސް އެބޭފުޅުންގެ ވާހަކަތައް ހުރިގޮތުން ރައީސް ސޯލިހަށް ތާއީދުކޮށްފާނެކަމަށް ނުބެލެވެ އެވެ. އެކަމަކު އެ ޕާޓީގެ ތާއީދު ބޭނުންވާތީ، ބައެއް ބޭފުޅުން ދަނީ ރައީސް ނަޝީދާ އެމްޑީޕީގެ ގުޅުން އަބަދުވެސް ގާތްވާނެކަމަށް ބުނެ އެކުގައި މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ.

އިންތިހާބަށް ފަހު އެމްޑީޕީގެ މެމްބަރުންގެ ހިޔާލުތައް ތަފާތު އެކި ގޮތްގޮތަށް ހުރިއިރު، ރައީސް ސޯލިހު ގައުމީ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވަނީ ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ މައި އޮފީހުގަ އެވެ. މި ބައްދަލުވުމުގައި ބައެއް މިނިސްޓަރުންނާއި، ދައުލަތުގެ އެކި މަގާމުތައް އަދި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވެ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: