ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ވެރިކަމުގެ ނިޒާމު ބަދަލްކުރުމަށް ފެންނަ ނުފެންނަ ވޯޓް ނަގަންވީ ވަގުތު: އިލްޔާސް ލަބީބް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށްޓަކައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅު ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް ވިދާޅުވީ، މިގައުމުގައި މިހާރު ދިމާވަމުން އަންނަ ކަންކަން އިސްލާހުކުރުމަށް މިގައުމަށް ބޭނުންވަނީ ކޮން ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅުކަމުގައެވެ.

ފެހި ޤާނޫން އަސާސީ ތަސްދީގު ކުރެވިގެން އައި ފަހުން ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުތަކަށް ބަލާއިރު، ވެރިކަން ބަދަލުކުރުމާއި ސިޔާސީ ޕާޓީތަކުގެ ފަރާތްތައް ޖަލަށްލުމާއި މިކަންކަން ކުރިއަށްދާކަން އިލްޔާސް ފާހަގަކުއްވިއެވެ.

“ޤާނޫން އަސާސީއަށް 15 އަހަރު ވެގެން އައި އިރު، ކޯލިޝަން ނުހަދައި ވެރިކަމެއް ނުކުރެވޭ. މިއީ ރައްޔިތުން އަރިހުން މި ނިޒާމާއި ދޭތެރޭ ދެކެނީ ކިހިނެއްތޯ ބަލަން އެބަ ޖެހޭ. ރިޔާސީ އިންތިޚާބުގައި ދެ ބުރަށް ވޯޓް ލާންޖެހޭ. ވެރިއަކަށް ހުންނަ މީހާ ބަދަލްކުރުމަށް ވޯޓްލާ އުސޫލާއި ޖަލުގައި ހުންނަ މީހާ މިނިވަން ކުރުމަށް ވޯޓްލާ އުސޫލް ބަދަލް ކުރަން އެބަޖެހޭ.” އިލްޔާސް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ދިމޮކްރެޓްސްގެ ފަރާތުން އިންތިޚާބުގައި ވާދަކޮށް އިލްޔާސް ލަބީބްއަށް ވަނީ  15،000 އާއި ގާތް ކުރާ އަދަދަކަށް ވޯޓް ލިބިވަޑައިގަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: