ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ ވަގުތު 5 ޖެހުމާއި ހަމައަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ވަގުތު 5:00 އަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް އީސީ އިން ހަމަޖައްސާފައިވަނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. ވަގުތު ކުޑަވުމުގެ ގިނަ ޝަކުވާ ތަކެއް އީސީއަށް ލިބިފައިވާތީ ދެވަނަ ބުރުގައި ވޯޓުލާ ވަގުތު 17:00 އާއި ހަމައަށް އިތުރު ކޮށްދޭނެ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވަނީ ވިދާޅުވެފައެވެ.

މި ފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު މީގެ ކުރީގެ އިންތިޚާބުތަކަށް ވުރެ މަދުކަން ފާހަގަކޮށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް ހަބީބު ވިދާޅުވި ގޮތުގައި އިތުރު ވަގުތު ދިނުމަށް އެ ކޮމިޝަންއިން ހަމަޖައްސާފައިވަނީ ގިނަ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ފަރުދީ ޒިންމާ އަދާކޮށް ކޮންމެ މީހެއްވެސް ގަޑި ޖެހުމުގެ ކުރިން ވޯޓު ލުމަށާއި 17:00ގެ ވަގުތު އިތުރު ނުކޮށްދެވޭނެ ކަަމަށް ވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،395 މީހުން ހިމެނޭއިރު، އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މި އިންތިހާބުގައި ވޯޓު ލާފައިވަނީ 213،519 މީހުންނެވެ. އެއީ %75.61 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: