ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމަޕަށް ދައުވާކުރުމަކީ ސިޔާސީ އަމަލެއް: ޕުޓިން

ޓްރަމްޕު އަދި ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕުގެ މައްޗަށް ދައުވާތަކެއް އުފުލުމަކީ ސިޔާސީ ގޮތުން ހިންގޭ އަމަލެއްކަމަށް ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ބައިނައްލަގުވާމީ މީޑިއާތަކުން ބުނާގޮތުން، ޓްރަމްޕުގެ މައްޗަށް ކުރެވިފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް ޕުޓިން ވިދާޅުވީ، ރަޝިއާގެ އިގްތިސާދީ ކަންކަމާއި ގުޅުން ހުރި ފޯރަމެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާވަނީ ނޯތުކޮރެއާގެ ރައީސް ކިމް ޖޮންގް އުން އާއިވެސް ބައްދަލުކުރައްވާފައެވެ.

ޕުޓިން ވިދާޅުވެފައިވާގޮތުން، މިހާރުގެ ބައިޑެން ސަރުކާރުން ޓްރަމްޕުގެ މައްޗަށް ދައުވާތަކެއް ކޮށްފައިވަނީ ސިޔާސީ ވާދަވެރިއަކާއި ޖައްސާލުމުގެ ގޮތުންކަމަށެވެ. އަދި ހިންގަމުންދާ އަމަލަކީ އެއީކަމަށާއި އެކަން ކުރަމުންދަނީ މުޅި އެމެރިކާ އަދި ދުނިޔޭގެވެސް ލޮލުކުރިމަތީގައިކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޓްރަމްޕުގެ މައްޗަށް ކުރެވެމުންދަނީ ސިޔާސީ ދައުވާތަކެއް ނަމަވެސް ހިނގަމުންދާ ކަންކަމުން ރަނގަޅު ނަތީޖާތަކެއްވެސް ނުކުންނަކަމަށެވެ. އެގޮތުން އެމެރިކާގެ ސިޔާސީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް އެނގޭކަމަށާއި އެހެންކަމުން އެހެނިހެން ގައުމުތަކަށް ޑިމޮކްރެސީ ކިޔައި ނުދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: