ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްލަކީ ބަރުލަމާނީ ނިޒާމެއް: ބޮންޑެ

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިވަގުތު ފާހަގަކުރެވެމުންދާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނީ ޕާލިމެންޓަރީ ސިސްޓަމުން ވެރިކަން ކުރުމަށް ފެންނަ ނުފެންނަށް ވޯޓަކަށް ގޮސްގެންކަމަށް މަޖިލީހު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އިބްރާޙިމް ވަނީ ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތައް އިންތިހާއަށް މަތިވެފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ދަރަނީގެ އަދަދުތައް ސިފަވަނީ ފަރުބަދައެއްހެން ކަމަށާއި ސަރުކާރުގައި އެއް ބިލިއަން އަދި ކުންފުނިތަކުގައިވެސް އެއް ބިލިއަންގެ ދަރަނި ހުރިކަމަށް ފާހަގަކުރެއްވިއެވެ. އަދި އެކަންކަން ރަނގަޅުކުރެވޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށްވެސް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، އައިއެމްއެފްއިން ރާއްޖޭގައި ހުރިކަމަށް ބުނާ މައްސަލަތަކުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހެއްދެވިފައިވާކަމަށް ވިދާޅުވާ ގޯސްތައްވެސް ރަނގަޅުކުރެވޭނީ ބަރުލަމާނީ ނިޒާމެއްގެ ތެރޭގައިކަމަށެވެ. އޭނާ ވިދާޅުވީ، ކަންކަން ހައްލުކުރެވޭނީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި އޮންނަ ފަދަ ނިޒާމެއްގެ ތެރޭގައި ރާއްޖޭގައިވެސް ވެރިކަން ކުރުމަށް ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލައިގެންކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ކަންކަން ހައްލުކުރުމަށް ކުރަންޖެހެނީ އެކަންކަމަށާއި، އެ ނޫންނަމަށް އަނެއް ފަސް އަހަރު ފަހުން ދެން އަންނަ މީހަކަށްވެސް ވަގަށް ގޮވާ އަޑު އިވިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: