ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ރައީސް ޞާލިހް ގާސިމްއާއި ބައްދަލުކުރައްވަނީ

ރައީސް ސޯލިހު މާމިގިލީގައި ބޭއްވި ބައްދަލުވުމުގައި މޭޖަރ ޝާމާލް އިންނަވަނިކޮށް: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް ރައިސް އިބްރާހިމް މުހައްމަދު ޞާލިހް، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާ މިއަދު ބައްދަލު ކުރެއްވުމަށް ނިންމަވައިފިއެވެ.

ޖޭޕީގެ ލީޑާޝިޕްގެ އިސް ބޭފުޅަކު މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދު ރައީސް ޞާލިހް އަދި ޤާސިމް އިބްރާހިމް ސަން އައިލެންޑްގައި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރޭގެ ވަގުތެއްގައި ޕީއެންސީ ޕީޕީއެމްގެ ވަފުދަކާ ޤާސިމް ވަނީ ސަން އައިލެންޑްގައި ބައްދަލުކުރައްވާފައެވެ. ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕީއެންސީ ޕީޕީއެމްގެ އިސް ބޭފުޅުންނާ ޤާސިމް ބައްދަލުކުރެއްވިއިރު، މި ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން އަމަލުކުރާނެގޮތެއް މިއަދު ނިންމާގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް، މިހާރު ވަނީ އެ ކައުންސިލް ބައްދަލުވުންވެސް ފަސްކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބުނީ 5،460 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 2.47 އެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: