ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމަށް ބިލެއް ހުށައަޅައިފި!

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނޫއަސާސީގައި ރައްޔިތުންގެ މަޖިލީސް އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ބިލެއް ހުށައަޅުއްވައިފިއެވެ.

އިލްޔާސް ހުށައަޅާފައިވާ ބިލުގައި ބުނެފައިވާގޮތުން، އެ ބިލު ހުށައެޅުުމުގެ މަގުސަދަކީ ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ވަރަކުން މަޖިލީހުގެ މެމްބަރުން އިތުރުވަމުންދާ ގޮތަށް އޮތުމުގެ ސަބަބުން މަޖިލީހަށް ކުރަންޖެހޭ ހަރަދުތައް އިތުރުވުން ހުއްޓުވުމެވެ. އަދި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމާއި މަޖިލިސް މެމްބަރުންގެ އަދަދު ކަނޑައެޅުމަށް އޮންނަ އުސޫލު ބަދަލުކުރުމަކީވެސް އެ ޕާޓީގެ މަގުސަދެކެވެ.

ޑިމޮކްރެޓްސްއިންވަނީ ގާނޫނޫއަސާސީގެ 71 ވަނަ މާއްދާ އިސްލާކުރަން ހުށައަޅާފައެވެ. އެގޮތުން މަޖިލީހުގައި ޖުމުލަކޮށް 76 މެމްބަރުން ތިބޭ ގޮތަށް ކަނޑައެޅުމަށް ހިމަނާފައިވެއެވެ. އިލްޔާސްގެ ހުށައެޅުމުގައި ރާއްޖޭގެ ހުރިހާ އިދާރީ ދާއިރާއެއް ތަމްސީލުވެގެންދާ ގޮތަށް 55 މެމްބަރެއް އެކަމަށް ހާއްސަ ކުރުމަށް ކަނޑައެޅިފައިވެއެވެ.

ބިލުގައިވާގޮތުން، ރާއްޖޭގެ ހުރިހާ އިދާރީ ދާއިރާއެއް ތަމްސީލުކުރެވޭހެން އިންތިހާބުކުރެވޭ 8 އަންހެން މެމްބަރެއްވެސް ހިމެނޭ ގޮތަކަށް ކަނޑައެޅުމަށް ހުށައަޅާފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރުމަށް ދެ ގޮނޑިއެއް ހާއްސަކުރުމަށްވެސް ބަޔާންކޮށްފައިވެއެވެ.

ޑިމޮކްރެޓްސްއިންވަނީ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށް ވޯޓު ލިބޭ މިންވަރުގެ ނިސްބަތުން ޕާޓިތަކަށް ހާއްސަ 11 ގޮނޑިއެއް ކަނޑައެޅުމަށް އަދި އެ ނިސްބަތުން މެމްބަރުން އައްޔަނުކުރުމަށްވެސް ހިމަނާފައެވެ. ދާއިރާތަކަަށް މެމްބަރުންގެ އަދަދުތައް ބަހާފައިވާގޮޮތުން، މާލެއަށް 11 މެމްބަރުން ތިބި އިރު ދެވަނަ އަށް އެންމެ މެމްބަރުންގެ އަދަދު ގިނަ ދާއިރާއަކީ އައްޑޫއެވެ. އެ ދާއިރާއަށް 5 މެމްބަރުން ކަނޑައެޅިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: