2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ކެމްޕެއިން ކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އއ އަތޮޅުގެ ރަށްތަކުން ކެންޕެއިން ފައްޓަވައިފިއެވެ.
ޑރ. މުއިއްޒު ވަނީ އިންތިހާބުގެ ފުރަމަތަ ބުރުގައި ތިން އަތޮޅު ފިޔަވައި ހުރިހާ އަތޮޅުތަކުން ކުރި ހޯއްދަވާފައެވެ. އެހެން ނަމަވެސް އެމަނިކުފާނަށް އއ އަދި އދ އަތޮޅުން އަގްލަބިއްޔަތު ލިބިވަޑައިގެންފައެއް ނުވެއެވެ. އއ އަތޮޅުގެ ވަޑައިގެންނެވި ފުރަތަމަ ރަށް ބޮޑުފުޅަދޫގައި އެމަނިކުފާނު ވަނީ އެރަށުގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ހިނގަމުންދާއެއްވެސް މަޝްރޫއެއް މަޑުޖެހުމަކަށް ނުދާނެކަމަށެވެ. އަދި މި ސަރުކާރުން ހިންގާ މަޝްރޫއުތަށް އެމަނިކުފާނުގެ ވެރިކަމެއްގައި މާފުރިހަމަކޮށް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުފުޅަދޫއަށް ވެވަޑައިގަންނަވާފައިވާ ވައުދުތަކުގެ ތެރޭގައި ރަށުގެ ބަނދަރު ބޮޑުކުރުމާއި އަދި ތަރައްގީކުރުމާ، އެރަށުގެ ސްކޫލުގެ ޖާގަ ބޮޑުކޮށް ކުލާސް ރޫމް އިތުރު ކުރުމާއި، އަދި ލޯކަލް ޓޫރިޒަމްއަށް މަގު ފަހި ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ. އަދި ރަށުގެ މަގުތަކުގައި ތާރު އަޅުއްވާދެއްވާ ޒަމާނީ ފެންވަރަށް ރަށުގެ މަގުތަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއުތުރުން އިގްތިސާދީ އަދި އުމްރާނީ ގޮތުން ގިނަގުނަ ތަރައްގީ ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ.

