ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަވޯޓާ މުއިއްޒަށް ގޮވާލީ މިހާރުން މިހާރަށް ”ހޮޅި“ ވާހަކަދެއްކުން ހުއްޓާލުމަށް!

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ދައްކަވަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއްކަމަށް ސިފަކޮށް، އެ ވާހަކަތައް ދެއްކުން ހުއްޓާލުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ގޮވާލައްވައިފިއެވެ.

އެމްޑީޕީއިން ދެވަނަ ދައުރެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު މި ވެރިކަމުގައި ދެމެހެއްޓި ވަރަށް އެއްވެސް ސަރުކާރަކުން ދަމަހައްޓާފައި ނުވާކަމަށެވެ.

މި ސަރުކާރުން ވަނީ އެހެން ގައުމުތަކާއި އޮތް ގުޅުންތައްވެސް އިތުރަށް ވަރުގަދަކޮށްފައިކަމަށް ވިދާޅުވިއެވެ. އެއާއި ހިލާފަށް އިދިކޮޅުގެ ވެރިކަމުގައި ގައުމުތަކާއި އޮތް ގުޅުން ކަނޑާފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ކޮމަން ވެލްތްގެ ގައުމުތަކަށް، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް އަރަބި ދުނިޔޭގެ ގައުމުތަކާއި މިހާރަށްވުރެ ބޮޑަށް ގުޅުން ގާއިމްކޮށްފައި އޮތް ސަރުކާރެއް މި ވޭތުވެރިޔަ 40 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަކު ނެތޭ.

ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރާއްޖޭގެ މިނިވަންކަމާއި، އިގްތިލާލާއި އަދި ދިވެހި ރައްޔިތުންވެސް ހިމާޔަތް ނުކުރެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ގާބިލްކަން އިދިކޮޅުގެ ނެތްކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ ރާއްޖެ އިންޑިއާ ކަނޑު ނޫން ތަނެއްގައި ބާއްވާ ވާހަކަވެސް ޑރ މުއިއްޒު ދައްކަވަމުން ގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ގޮވާލެއްވީ މިފަދަ ދެކޮޅު ނުޖެހޭ ވާހަކަތައް ނުދެއްކެވުމަށެވެ.

ޝަރީފް ވިދާޅުވީ އެންމެ ފުރަތަމަ ކޮވިޑް އިންޖެކްޝަން ޖަހަން ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނީ ރާއްޖެ އިންޑިއާއާއި ބޭއްވި ގާތް ގުޅުމުގެ ސަބަބުންކަމަށެވެ. ދުނިޔެ އޮތީ ހަނގުރާމައެއްގެ ވިލާގަނޑުގެ ދަށުގައިކަމަށާއި، މިހާލަތުގައި ދުނިޔެ އޮތްއިރު، ވާދަވެރިންގެ ބަސްމަގު ހުރި ގޮތުން އިތުރަށް ހާސްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ބޭހާއި، އަދި އެހެނިހެން ތަކެތިވެސް އެތެރެ ކުރަނީ އިންޑިއާއިންކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް އިންޑިއާއިން އެތަކެއް ފައިސާގެ އެހީތަކެއްވެސް ވެދީފައިވާއިރު، ތިލަމާލެ ބުރިޖާއި، އަދި އައްޑޫ ސިޓީގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއުއާއި އިތުރު އެހެން މަޝްރޫއުތައް ހިންގުމަށްވެސް ފައިސާ ދިނީ އިންޑިއާގެ ސަރުކާރުންކަމަށް ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅުން އެ ވިދާޅުވާފަދައިން ރާއްޖޭގެ މިނިވަންކަން ބަޔަކަށް ޖަހައިގަނެގެން ނުގެންދެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: