ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޑީކާޑު ގަނެ، ރީރެޖިސްޓްރޭޝަން ވެސް އޮޅުވާލިކަމުގެ ތުހުމަތު!

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ރީ ރެޖިސްޓްރޭޝަން ފޯމު ހުށަހަޅައި ސަރުކާރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބު އިންޑިއާގެ އެހީތެރިކަމާއި އެކު ވަގަށް ނެގިގޮތަށް އެމްޑީޕީން އަނެއްކާވެސް އެ ގައުމުގެ އެހީއާއި އެކު ވޯޓުން ވައްކަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެކަންާގެ ކާމިޔާބުވިޔަ ނުދޭނެކަމަށާއި، ރައްޔިތުންގެ ވޯޓުން މި އިންތިހާބު ކާމިޔާބު ކުރާނީ މުއިއްޒުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ދެ ދުވަސް ދިނުމުން ކުއްލި ގޮތަކަށް 25،000 މީހުން ރެޖިސްޓްރީ ކުރާނެ ގޮތަކާއި މެދު ސުވާލު އުފައްދައި އަބްދުއްރަހީމް ވިދާޅުވީ ކުރިން ވެސް ތުހުމަތު ކުރެވުނު ގޮތަށް ސަރުކާރުން އެތައް ގޮތަކުން އޮޅުވާލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިއީ ކަނޑައެޅިގެން ބޮޑު އޮޅުވާޅުމެއް، ކިހިނެއްތޯ ދެ ދުވަހުގެ ތެރޭގައި ފަންސަވީސް ހާސް މީހުން ރެޖިސްޓްރީ ކުރާނީ.. އެ ފުރުސަތު ދީގެން ނުވާނެ.. ކުރިން ވެސް އިންތިހާބު ވަގަށް ނެގި ގޮތަށް އަނެއްކާވެސް އިންޑިއާގެ އެހީއާއި އެކު އިންތިހާބު ވަގަށް ނަގަން އެ އުޅެނީ

މިއަދުގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރަށްތަކުގެ ސްޓީރިއަން ކޮމިޓީތަކުން އެ ރަށެއްގެ ރައްޔިތުންނަށް ގުޅައި ރީ ރެޖިސްޓްރޭޝަންގެ ކަންކަން ބަލައި އޮޅުންފިލުވަން އެދޭ ކަމަށެވެ.

މި މައްސަލައިގައި އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ދެވަނަ ބުރަށް ރީރެޖިސްޓްރޭޝަން ފޯމު ހުށަހަޅާފައި ވަނީ އާދަޔާ ހިލާފަށް ގިނައިން ކަމަށެވެ. މިއީ ރައްޔިތުންނަށް އެވެސް އެނގުމެއް ނެތި ހުށަހަޅާފައިވާ ފޯމުކަމަށް ތުހުމަތުކޮށް އޭނާ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ މުއިއްޒަށް ވޯޓު ދޭނެކަމަށް ބެލެވޭ މެމްބަރުންގެ ފޯމުތައް ކަމަށެވެ.

ރަނގަޅު ނިޒާމެއްގެ ތެރެއިން ފޯމުތައް ޕްރޮސެސްކޮށް ސައްހަކަން ކަށަވަރު ކުރުމަށް ގޮވާލައި އަބްދުއްރަހީމް ވިދާޅުވީ ފޯމުތަކުގައި ހުންނާނީ ވެސް ގޯސް ނަމްބަރުތައްކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ވެރިފިކޭޝަންގެ ތެރެއިން ވެސް އަސްލު އެ މީހެއްގެ ނަމްބަރަށް ނުގުޅޭނެތީ ދެން އަބްދުއްރަހީމް ގޮވާލީ މިއަދު ކޮންމެ ރައްޔިތަކު ވެސް މިއަދު އެ މީހަކު ވޯޓުލުމަށް ހަމަޖެހިފައިވާ ފޮއްޓެއް ބަލައި ޔަގީން ކުރުމަށެވެ.

ސަރުކާރުން އައިޑީކާޑު ގަންނަން އުޅޭކަމުގެ ވެސް ތުހުމަތުކޮށް އަބްދުއްރަހީމް ވިދާޅުވީ، އިންތިހާބެއް ވަގަށް ނެގުމަށް އެމްޑީޕީ މިހާ ދަށު ފެންވަރަށް ވެއްޓޭ މައްސަލަ ދައުލަތުގެ އިދާރާތަކުން ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ، އަދި ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރުމާ ދެކޮޅަށް އަޑުއުފުލައި، އިލެކްޝަންސް ކޮމިޝަން ކައިިރއަށް އެއްވުމަށް ވެސް އޭނާ ގޮވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: