ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯރަމް ނުލިބޭތީ މަޖިލީޙުގެ ޖަލްސާ ކުރިއަށް ނުގެންދެވި މެދު ކަނޑާލައިފި

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން މެދުކަނޑާލަން ޖެހިއްޖެއެވެ.

މިއަދު ހެނދުނަށް ތާވަލް ކުރި މަޖުލިސް ޖަލްސާ މެދު ކަނޑާލާފައިވަނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން މަޖިލީޖހުގެ ޗެންބަރަށް ވަދެ ވަޑައިގެންފައި ނުވާތީއެވެ. ޖަލްސާ ފައްޓަން ދެ މެމްބަރަކު ހަމަވުމުން ކުރިއަށް ދެވޭނެ ކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ. ނަމަވެސް ޖަލްސާ މެދު ކަނޑާލީ ތަކުރާރު ކޮށް ވިދާޅުވެފައިވާއިރު އެބޭފުޅުން ޖަލްސާ ކުރާ ޗެންބަރަށް ވަދެ ވަޑައި ނުގަތުމުން ކޯރަމް ހަމަވެފައި ނުވާތިއެވެ.

މަޖުލީހުގެ ރައީސް ނަޝީދު ވިދާޅުވީ ޖަލްސާ ފެއްޓުނު ފަހުން އެ މެމްބަން މަޖުލީހުގެ ކުޑަ ދަށުގައި ތިއްބެވި ކަމަށާއި، ނަމަވެސް އެތެރެއަށް ވަދެ ވަޑައިގެންފައި ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: