ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންޓްރޯލް ކުރާ މީހުން އަނެއްކާވެސް މަޖިލިސް ހުއްޓުވައިފި: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ “ކޮންޓްރޯލް” ގެންގުޅުއްވާ މީހުން މަޖިލީސް ހުއްޓުވާލާފައިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދުވަނީ ބައެއް މެމްބަރުން ހާޒިރީގައި ސޮއިކުރެއްވިކަމަށް އޮތްނަމަވެސް ތަޅުމުގައި ނެތްކަމަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން މަޖިލީހުގައި ތިއްބެވިކަމަށެވެ. އަދި ހާޒިރީގައިވެސް ސޮއިކުރައްވާފައިވާނަމަވެސް މަޖިލީސް ކުރާ ތަޅުމަށް ވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވަދެވަޑައިނުގަންނަވާކަަމށާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ޖަމްޝީދު ވަގުތީ ގޮތުން ވަދެވަޑައިގެންނެވުމަށްފަހު އަލުން ނުކުގެންގޮސްފައިވާކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ،  މަޖިލީހުގައި ތިއްބެވިނަމަވެސް ތަޅުމަށް ވަދެވަޑައިނުގަންނަވާކަމަށެވެ. ވައިކަރަދޫ ދާއިރާ އަދި ހަނިމާދޫ ދާއިރާގެ މެމްބަރުވެސް ހާޒިރީގައި ސޮއިކުރައްވާފައިވާކަމަށާއި އެހެންނަމަވެސް ތަޅުމުގައި ވަޑައިގެން ނެތްކަމަށާއި ބާރަށު ދާއިރާގެ މެމްބަރުވެސް ވަގުތުކޮޅަކަށް ތަޅުމަށް ވަޑައިގެންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ސޮއިކުރެއްވުމަށްފަހު ތަޅުމަށް ވަޑައިނުގަންނަވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ހޯރަފުށި ދާއިރާގެ މެމްބަރު ވަދެވަޑައިގެންނެވި އިރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ވަގުތުކޮޅެއްވަންދެން ތަޅުމުގައި ހުންނެވިކަމަށާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރުވެސް ތަޅުމަށް ވަޑައިނުގަންނަވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މީގެ ކުރިން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގޮސް އޮތީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލެވި އޮތުމުނާއި ރައީސް އަދި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ފަހަރާއި ހުށައަޅާފައި އޮތުމުންކަމަށެވެ. އެހެންނަމަވެސް މިހާރު މަޖިލީހުގެ ރައީސް އަދި ނައިބުރައީސްގެ މައްސަލަ އަނބުރާ ގެންގޮސް ކުރިއަށް ދެވޭ ގޮތްވުމުން އަނެއްކާވެސް މަޖިލީހުގެ ކޮންޓްރޯލް ގެންގުޅުއްވާ ފަރާތްތަކުން މަޖިލީސް ހުއްޓުވާފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީސް ހުއްޓުވާލާފައި އޮތުމުން އެއްވެސް ބަޔަކަށް ލިބިގެންދާނެ ފައިދާއެއް ނެތްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ މަޖިލީސް ހުއްޓުމުން ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެކަން ކަށަވަރުކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރު މަސްއޫލިއްޔަތު އަދާކުރެއްވުމަކީ ބޭނުންތެރިކަމެއްކަަމަށާއި މެމްބަރުން ތިއްބަވަނީ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް ހުވާކުރައްވައިގެންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: