ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްއާއިއެކު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން ގިނަ ކަންތައްތަކަކަށް އެއްބަސްވެވޭ: ތޮލާލް

މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްއާއިއެކު އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކަކަށް އެއްބަސްވެވޭކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހުއެވެ. ދަ ޑިމޮކްރެޓްސްއިން އަންނަނީ މި ދެ ޕާޓީއާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރަމުންނެވެ.

ޑިމޮކްރެޓްސްއިން ވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަގަން ޖެހޭ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ދެ ޕާޓީއަށްވެސް ހުށައަޅާފައެވެ. އެއްވެސް ޕާޓިއަކުން ރަސްމީ ގޮތުން މިކަމަށް ގޮތެއް ނިންމާފައޮނުވާއިރު، ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ހަސަން ލަތީފް ވަނީ މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.

ހަސަން ލަތީފް ވިދާޅުވީ ޕީޕީއެމްއިން ޑިމޮކްރެޓްސްއާއި އެކު ދެކެވޭ އެއްވެސް ވާހަކައެއް ނުވަތަ ދެ ފަރާތުގެ ދެމެދުގައި ނިންމާ ނިމްމުން ތަކުގައިވެސް އަދި އެ ދެޕާޓީ އެކުގައި ކުރާ އެއްވެސް ކަމެއްގެ ލިޔުމެއްގައި ސޮއިކޮށްގެން އެކަން ކުރައްވަން އެޕާޓީއިން ބޭނުންނުވާކަމަށެވެ. އެހެންކަމުން ޕީޕީއެމް އާއި އެކު މަސަތްކަތް ކުރައްވަން އުނދަގޫކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އަކީވެސް ސިޔާސީ ޕާޓީއެއްކަމާއި އެ ޕާޓީއިން އެއްބަސްވާ ކަންކަން ލިޔުމުން ފެންނަން ހުންނަންވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ޕާޓީގެ އާންމު މެންބަރުންނަށްވެސް އެޕާޓީގެ ކަންކަން އިނގެން ޖެހޭނެ ކަމަށާއި އަދި މަސައްކަތްތަކެއް ކުރާއިރު އެކިމުގެ އެއްބަސްވުމެއް އޮވެ އެ އެއްބަސްވުމުގައި ސޮއި ނުކުރެވޭ ނަމަ އެކަމުގެ ސީރިއަސް ކަމެއް ނެތް ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ޕީޕީއެމްއާއި އެމްޑީޕީއަށް ހުށަހަޅާފައިވާ ހުށެހެޅުމަކީ ނިޒާމީ ވޯޓަކަށް ދިއުމުގެ ހުށަހެޅުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާނީ ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، 25 ސެޕްޓެމްބަރު ގައި ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ނަގަނީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމާއި ބެހޭގޮތުން ކަމަށެވެ. އެމްޑީޕީއިން އަދި ވަކިގޮތެއް ނުނިންމާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މިއަދު ޕީޕީއެމް/ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން ތޮލާލް ވިދާޅުވީ މި މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ފާރިސް މައުމޫނު ހުށައެޅުއްވި ހުށައެޅުންތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރިއަށްދާކަމަށް ފާހަގަކޮށް ތޮލާލް ވިދާޅުވީ ވަކި ގޮތެއް ނިމުމާއިއެކު އެކަން ހިއްސާ ކުރައްވާނެކަމަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ޕީޕީއެމް/ޕީއެންސީ އިން ބޭނުން ނުވާކަމަށް ވިދާޅުވެ ހަސަން ލަތީފް ދެއްކެވި ވާހަކައާއި ގުޅޭ ގޮތުން ތޮލާލް ވިދާޅުވީ އަދި އެއްބަސްވުމުގައި ސޮއިނުކުރުމަށް ނިންމާފައިނުވާކަމަށެވެ. މަޝްވަރާތައް ކުރިއަށްދާކަމަށް ތަކުރާރުކޮށް ފާހަގަކޮށް ތޮލާލް ވިދާޅުވީ، ސޮއި ކުރަން ޖެހުމުން ސޮއިވެސް ކުރައްވާނެކަމަށެވެ. ވަކި ގޮތެއް ނިމުމުން ލިޔުން ތައްޔާރުކުރައްވާނެކަމަށް ތޮލާލް ވިދާޅުވިއެވެ.

އަދިވެސް މަޝްވަރާ ކުރަންޖެހޭ ބައެއް ކަހަލަ ކަންކަން އެބަހުރި.

ތޮލާލް ވިދާޅުވިއެވެ.

މީގެ ތެރޭގައި ނިޒާމީ ވޯޓުގެ މަޝްވަރާވެސް ހިމެނޭކަމަށާއި، ނަމަވެސް އަދި ވަކި ގޮތެއް ހާމަކުރެވެން ނެތްކަމަށް ވިދާޅުވެ، ވަރަށް ގިނަ ކަންތައްތަކަކަށް ޑިމޮކްރެޓްސް އަދި ޕީޕީއެމް/ޕީއެންސީއަށް އެއްބަސްވުމަކަށް އާދެވިފައިވާކަން ތޮލާލް ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: