ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޙާބުގެ ދެވަނަ ބުރާއި މެދު ގޮތެއް ނިންމުމަށް މިރޭ ޑިމޮކްރެޓްސްގެ ބައްދަލުވުމެއް!

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި މެދު ގޮތެއް ނިންމުމަށް ދަ ޑިމޮކްރެޓްސް ޕާޓީން މިރޭ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީއިން މިރޭ ބާއްވާ ކައުންސިލް ބައްދަލުން އޮންނާނީ ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލެވިފައި ކަމަށެވެ. ކައުންސިލް ބައްދަލުވުން ބާއްވަނީ ދެވަނަ ބުރާއިމެދު ނިންމުމެއް ނިންމަން ކަމަށް ވިދާޅުވިއެވެ.

ކޯލިޝަން ހެދުމަށް އެމްޑީޕީ އާއި ޕީޕީއެމްއަށް ވެސް ޑިމޮކްރެޓްސްއިން ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ ނިޒާމީ ވޯޓެއް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ބޭއްވުމަށެވެ. ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަރުލަމާނީ ގަރާރު އަވަސްކުރަން އެމްޑީޕީން އެއްބަސްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެމްޑީޕީއަށް ޑިމޮކްރެޓްސް އިން ހުށައެޅުމެއް ހުށަލަޅާފައި ވާއިރު އެޕާޓީއިން އެއްވެސް ޖަވާބެއް ނުދެއްވާކަމަށް ހަސްނަ ލަތީފް ވިދާޅުވިއެވެ. އަދޮ ޕީޕީއެމް އިން އެއްބަސްވުމުގައި ސޮއި ކުރަން ބޭނުންނުވުމުގެ ސަބަބުން އެޕާޓީއާއިއެކު މަސައްކަތް ކުރަން އުނދަގު ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއެވެ. ދެވަނައަށް ރައީސް ސޯލިހު ހޮވިފައިވާއިރު ލިބުނު ޑިމޮކްރެޓްސްއަށް ލިބުނީ ތިންވަނައެވެ. އެހެންކަމުން ޕީއެންސީން އަދި އެމްޑީޕީން ވަނީ ކޯލިޝަން ހެދުމުގެ މަސައްކަތް ފަށައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: