ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ ރައީސް ޞާލިހަށް: ނަން އަނބުރާ ގެންދަވާ އިސްތިޢުފާ ދެއްވުމަށް ވުރެ ރީތި ގޮތެއް ދެން ނެތް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ނަން އަނބުރާ ގެންދަވާ އިސްތިއުފާ ދެއްވުން ކަމަށް ޕީއެންސީގެ ރައީށް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ށ.ފުނަދޫގައި ރޭ ކުރިއަށް ދިޔަ ޕީޕީއެމް ޕީއެންސީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އިސްތިއުފާ ދެއްވައި ނަން އަނބުރާ ގެންދެވުމަށް ރައީސް ޞާލިހްއަށް އަބްދުއްރަހީމް ގޮވާލެއްވިއެވެ. އެއަށްވުރެ ދެން ރީތި ގޮތެއް ނެތްކަމަށް ވެސް ވިދާޅިވިއެވެ.

ދިވެހި ރައްޔިތުން މިފަހަރު ނިކުމެ މިތިބީ ބޮޑުތަނުން އިބްރާހިމް މުހައްމަދު ޞާލިހް ބަލިކުރުމަށްކަމަށްވެސް އަބްދުއްރަހީމްގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިހް މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ނިކުންނަވަނީ އެޓޭކް މޯޑުގައި ކަމަށާއި ބޮޑު ތަނުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން މިކަމަށް ރަށްދެ ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޞާލިހް ދުވަހަކުވެސް ފުޓްބޯޅަ ކުޅުއްވި ކަމާއި މެދު ޝައްކުވާކަމަށެވެ. ޑިފެންސް ދޫކޮށްލައްވާ އެޓޭކަށް ނިކުތުމުން ބޯޅަ ވަންނަނީ ބައިކޮޅަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިންތިޚާބު ކާމިޔާބުކުރުމަށް ޖެއްސެވި ހިސާބު ދިމާކުރައްވަން ކުރައްވަން އުޅޭ ކަމަކީ އިންތިޚާބުން ވައްކަން ކުރުންކަމަށް އަބްދުއްރަހީމް ވަނީ ތުހުމަތުކޮށްފައެވެ. އަދި މިފަހަރު ފައްޔާޒްގެ ހިސާބު ގޯސް ކަމަށާއި ރަނގަޅުވީ އޭނާ ޖެއްސެވި ހިސާބުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިންތިޚާބު ވަގަށް ނެގުމަށް ކެމްޕޭން ނުކުރައްވާ ރައީސް އޮފީހުގައި އިންދެގެން ރައީސް ޞާލިހް ކުރައްވާ ކަމަކީ ރީ ރަޖިސްޓްރޭޝަންތައް އޮޅުވާލުމުގެ މަސައްކަތްތައްކަމުގައި ވިދާޅުވިއެވެ.

ދުވަހަކުވެސް ފުޓްބޯޅަ ކުޅުއްވި ބޭފުޅެއްތޯ ހިތައްއަރާ. ޑިފެންސް ދޫކޮށްލައްވާފަ އެޓޭކަށް އެރީމައި ދެން ވާނެ ގޮތަކީ ބައިކޮޅަށް ނޫންތޯ ގޯލް ވަންނާނީ. އަޅުގަނޑުމެން ޑިފެންސަށް ކުޅެން އަރާ އެޓޭކަށް ގޯލް ޖަހާނީ. މިމަހުގެ 30 ވަނަ ދުވަހު ކުޅޭ މެޗުން 6-0 ބަލިކުރާނަން. 6-0 ވިމައި ވާނީ 60 އިންސައްތަ އެއީ. ހިސާބު ވީމައި މި ދަންނަވާލީ. އަޅުގަނޑުގެ ހިސާބު މިއޮތީ ދިމާވެފަ. ދިމާ ނުވީ ފައްޔާޒް ޖެއްސެވި ހިސާބު.” އަބްދުއްރަހީމް ވިދާޅުވިއެވެ.

” އިންތިޚާބުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ޗާޓުން ރީންދޫ ކުލަ ފެނިފައިވަނީ 3 ތަނަކުން. އެހެން ނަމަވެސް ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރީންދޫ ކުލަ މިރާއްޖޭގެ ޗާޓުން އެއްކޮށް ފޮހެލާނަން. ރީންދޫ ކުލައަލީ ބިރުވެރި ނާމާން ކުލައެއް. އެކުލައެއް ދިވެހިރާއްޖެއަކަށް ބޭނުމެއް ނުވޭ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ތުއްތު ދަރިންނަށް އިނގިރޭސިން އިސްލާމް މާއްދާ ކިޔަވައިދޭކަށް.” އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕިއެމް ޕީއެންސީގެ ބޭފުޅުން އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން އެ ކޮމިޝަންގެ ބޭފުޅުންނާއި ބައްދަލު ކުރި ކުރުމުންވެސް އިނގިގެންދިޔައީ ރީ ރެޖިސްޓްރޭޝަންގައި މައްސަލަތަކެއް އެބަހުރިކަންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އައިޓީގެ އިސް ބޭފުޅަކު ވިދާޅުވެފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވީ، ކޮމިޝަންގެ ބޭރުން އެބޭފުޅުންގެ ޕޯޓަލް ހެކް ކުރުމުގެ މަސައްކަތެއް ހިނގާފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކޮންމެސް ކަންތައްތަކެއް ހިނގާކަމަށް ވިދާޅުވިއެވެ. ތަކުރާރުކޮށް ވެސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ އިންޑީޔާއިން މި އިންތިޚާބު ވަގަށް ނެގުމަށް މަސައްކަތްތަކެއް ކުރާ ކަމަށެވެ. އިންޑީޔާއިން އިބްރާހިމް މުހައްމަދު ޞާލިހްއަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް އެމީހުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

“އިންޑިޔާގެ ނަން މިކިޔަނީ އެއްގޮތަކަށްވެސް އަވަށްޓެރި ގައުމަކާއި ޖެހިގަންނާކަށް ނޫން. އަޅިުގަނޑުމެންގެ ގޯތީގެ އިންފާރުން އެތެރެއަށްވަނީމައި އެވާޙަކަ ނުދައްކާ ނުތިބެވޭނެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދަންނަވަން އޮތީ ދިވެހިން ތިބީ އެމަނިކުފާނަށް ދެވަނަ ދައިރެއް ދޭން ތައްޔާރަކަށް ނޫނޭ. ރީ ރަޖިސްޓްރޭޝަން އޮޅުވާލައިގެންވެސް މި އިންތިޚާބެއް ކާމިޔާބެއް ނުކުރެވޭނެ. ރައްޔިތުން ތިބީ އެއަށްވުރެ މާބޮޑަށް ވިސްނައި މާ ބޮޑަށް ހޭލައި ތިބީ. 21 ގަރުނުގަ އެކަހަލަ މީހަކަށް ވެރިކަން ދޭކަށް ރައްޔިތުން ބޭނުމެއް ނުވޭ. ސަޕޯޓަރުންނަށް ދަންނަވަން ބޭނުމީ ވޯޓްލާ ފޮށި ދުވާލަކު އެއްފަހަރު ޗެކް ކުރަމުން ގެންދާށޭ. އަޅުގަނޑުމެންގެ ވޯޓް އޮޅުވާލުމަށް ވޯޓް ލާ ސަރަހައްދު މާ ދުރު ތަންތަނަށް ބަދަލުކުރަމުން އެބަގެންދޭ.” އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމްގެ ވާހަކައިގައި ރީ ރަޖިސްޓްރޭޝަނަށް އެއް ދުވަހުގެ ތެރޭގައި 22،000 ފޯމް އޮންލައިންކޮށް ހުށަހަޅާފައިވާނެކަަމަކަށް ޤަބޫލް ނުކުރެވޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: