ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ޖަލްސާއަށް ހުރަސް ނޭޅުމަށް ގޮވާލައި ނަޝީދުގެ ނުރުހުމުގެ ސިޓީއެއް ރައީސަށް!

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހުރަސްއަޅައި، ހާޒިރީގައި ސޮއި ކުރުމަށް ފަހު ތަޅުމަށް ނުވަދެ ޖަލްސާ ފެށުމުގެ ގާނޫނީ އަދަދު ގެއްލުވާލަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަށުންކަމަށާއި އެކަން ވަގުތުން ހުއްޓާލުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ޗުއްޓީއަށް ފަހު ޖަލްސާތައް ގެންދިއުމަށް ދަތިތަކާއި ކުރިމަތިވުމަށް ފަހު، މިދިޔަ ދެ ދުވަހުގައި ޖަލްސާ ނުފެށި ކޯރަމް ގެއްލެނީ އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ހާޒިރީގައި ސޮއި ކުރުމަށް ވެސް ތަޅުމަށް ނުވަނުމުގެ ސަބަބުންނެވެ. އަދި އެ މެމްބަރުން މަޖިލީހުގެ ކުޑަ ދަށުގައި ތިބެ، ޖަލްސާއަށް ވަނުމަށް ދެކޮޅު ހަދާފައި ވަނީ ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލުތަކުގެ މަސައްކަތްތައް އެއްފަރާތް ކުރުމަށް ފަހު އަމިއްލަ މަސްލަހަތާ ގުޅުން ހުރި ގަރާރުތައް ކުރިޔަށް ގެންދިއުމަށް ރިޔާސަތުން އެޖެންޑާ ކުރަމުން ގެންދާކަމަށް ބުނެ އެވެ. އަދި ސަރުކާރާ ދެކޮޅު ބިލުތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެވެސް ރިޔާސަތުން އެޖެންޑާ ކުރަމުން ގެންދަނީ ސަރުކާރަށް ޖެއްސުން ކުރުމަށްކަމަށް ބުންޏެވެ.

އެވާހަކަތަކަށް ދެކޮޅު ހައްދަވައި ރައީސް ނަޝީދު ވިދާޅުވީ، އެޖެންޑާގެ ޝަކުވާތައް ލިބިފައިވީ ނަމަވެސް އެމަނިކުފާނު މަޖިލީހުގެ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި އެޖެންޑާގައި ވަނީ މާކުރީއްސުރެ ތަޅުމަށް ހުށަހަޅައި ބާކީ ވަގުތުތައް ހުރި ގަރާރުތައްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލަތައް ފެންމަތިވީއިރު މަޖިލީހަށް ރައީސް ނަޝީދުގެ ޑެމޮކްރެޓްސްގެ މެމްބަރުން ހުށަހެޅި ނިޒާމުގެ ގަރާރު ވެސް އޮތީ ކުރިޔަށެވެ. މިއަދު އެމަނިކުފާނު ވިދާޅުވީ ބަރުލަނީ އާއި، ރިޔާސީ ނިޒާމާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ނިމެންދެން މިއަދުގެ ޖަލްސާ ކުރިޔަށް ގެންދާނެ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން އެކަމާ ވެސް ނުރުހުންފާޅު ކުރި އެވެ.

އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ހާޒިރުވެ ސޮއި ކުރުމަށް ފަހު، ތަޅުމަށް ވަނުމަށް ދެކޮޅު ހަދައި ގަސްތުގައި ކޯރަމް ގެއްލުވާލުމާއި އެކު ޖަލްސާ ފެށުމަށް ބޭނުންވަ ގާނޫނީ އަދަދު ހަމަކުރުމަށް ދަތިކޮށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތި ކުރުވަމުންދާކަމަށް ސިޓީގައި ވެއެވެ. އަދި އެއީ ސީދާ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުން ހިންގަވުމުން ގެންދާ، އެމަނިކުފާނުގެ ޕާޓީއަށްވާއިރު މެމްބަރުންގެ ފަރާތުން ފެންނަ އަމަލުތަކުގެ އިރުޝާދުގެ ދަށުން ބައިވެރިވުން އޮވެގެންކަމަށް ތުހުމަތު ކުރެއްވި އެވެ.

އެހެންކަމުން ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނުގެ އަތްމައްޗަށް ނަންގަވައި، ދިވެހި ދައުލަތް ހުއްޓާލެއްވުމަށް ތިޔަ ކުރާ މަސައްކަތް ހުއްޓާލެއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުން މަތީ ދެމި ހުންނާނޭކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަ ނުދީ މަޖިލިސް ކުރިޔަށް ގެންދިއުމަށް އަޅުގަނޑު ކުރަންޖެހޭ އެންމެހައި މަސައްކަތައް ކުރާނެކަމުގައި ދަންވަމެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދެމެދު ބާކީ 10 ދުވަސް އޮތް އިރު، ރައީސް ނަޝީދުގެ އެދޭ ގޮތަށް ނިޒާމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދެވޭ ގޮތެއް ނުވެ އެވެ.

މަޖިލީހުގެ ޖަލްސާތަކަށް ރައީސް އަންގަވައިގެން އެމްޑީޕީން ހުރަސްއަޅާކަމަށް ވިދާޅުވެ އެކަން ހުއްޓާލުމަށް އެދި ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވިއިރު މީގެ ކުރިން ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހުރަސްއެޅީ އެމަނިކުފާނުގެ މެމްބަރުންނެވެ. އެ މައްސަލައިގައި ސަރުކާރު މެމްބަރުންނާއި، ރައީސް ސޯލިހު ވެސް ޖަލްސާތަކަށް ޖާގަ ދިނުމަށް ރައީސް ނަޝީދަށް ގޮވާލާފައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: