ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ތިން އަހަރު ފުުރުމުން ރައީސް ސޯލިހަށާއި އެމްޑީޕީއަށް ރައީސް ނަޝީދު މަރުހަބާ ދަންނަވައިފި

ރައީސް ސޯލިހާއި ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ތިން އަހަރު ފުުރުމުން ރައީސް ސޯލިހަށާއި އެމްޑީޕީއަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަތި އުނދަގޫ ދުވަސްވަރެއްގައި ސަރުކާރުން ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް މަރުހަބާ ދަންނަވާކަމަށެވެ. އަދި ސަރުކާރުގެ ތިން އަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި، އެމްޑީޕީ އާއި ސަރުކާރަށް މަރުހަބާ ދަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ އިތުރުން، އިތުރު ތިން ޕާޓީގެ ކޯލިޝަނެއްގެ ތެރެއިންނެވެ. ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރްއެމްއާއިއެކު ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރެއިން ރައީސް ސޯލިހު 2018 ވަނަ އަހަރު ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީ ރިކޯޑް މިންވަރެއްގެ ތާއީދަކާއި އެކީގައެވެ.

ސަރުކާރަށް ތިން އަހަރުވެގެންދިޔައިރު، މަޝްރޫއުތަކުގެ ސްޕީޑް ހުރީ އެންމެ ބޭނުންވާ ހިސާބުގައި ނޫންކަމަށް ސަރުކާރަށް ތާއީދުުކުރައްވާ މެމްބަރުންނާއި ވަޒީރުންވެސް ފާހަގަކުރައްވައެވެ. އެހެންނަމަވެސް، ކޮވިޑްގެ ހާލަތާއިއެކުވެސް އާންމު ހިދުމަތްތަކަށް ބުރޫ އެރުމެއް ނެތި ދައުލަތް ހިންގިފައިވުމަކީ ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.

ކޯލިޝަންގެ ގުޅުމާއި ސަރުކާރު ހިންގުމުގައި ކޯލިޝަންގެ ބައިވެރިވުމާއިމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު ސަރުކާރުންނާއި ރައީސް ސޯލިހުވެސް އަންނަނީ ކޯލިޝަންގެ ގުޅުން އަދިވެސް ވަރަށް ވަރުގަދަކަން ފާހަގަކުރަމުންނެވެ. އަދި ކޯލިޝަން ޕާޓީތަކުންވެސް އަންނަނީ ސަރުކާރުގެ ނިންމުންތަކަށް ބަސް ބުނަމުން ކަމަށާއި ކޯލިޝަން ޕާޓީތަކުގެ ބައިވެރިވުން ސަަރުކާރު ހިންގުމުގައި ފުރިހަމައަށް އޮންނަކަމަށް ޕާޓީތަކުންވެސް ބުނެއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ސިޔާސީގޮތުން ހިޔާލު ތަފާތުވުންތަކެއް އުފެދުނުނަމަވެސް މިހާރު އަނެއްކާވެސް ދެބޭފުޅުންގެ ގުޅުން ފެންނަނީ ވަރުގަދަކޮށެވެ. ރައީސް ނަޝީދު ވަނީ ސިޔާސީގޮތުން ރައީސް ސޯލިހާއިއެކު މަސައްކަތްނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރައީސް ނަޝީދު ވަނީ އެފަދައިން ވިދާޅުވެފައިވާކަމަށް އިންކާރުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: