ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ހިތްހަމަނުޖެހޭ ވާހަކައެއް ދެއްކިގެން، އަޅުގަނޑަށް ފިޔަވަޅު އަޅަން އަންގައިފި: އަފީފް

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ބުނެ ވާހަކަ ދެއްކެވެމުން އެމަނިކުފާނު އޭނާއަށް ފިޔަވަޅު އަޅަން އަންގާފައިވާކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އަފީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަންގެ މައްސަލަތައް އޮތް ނަމަވެސް، އެފަދަ ކަންކަމަށް ރައީސް ދެއްވާ އެއްވެސް ސަމާލުކަމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފް ގަބޫލު ކުރައްވާ ގޮތުން ޕާޓީގެ މެމްބަރުންތަކުގެ ވެސް ބައިވެރިވުމާއި އެކު، އަސާސްތަކާއި ހިލާފު ވެ ހިންގާ މިފަދަ އެއްވެސް އަމަލެއް ނުބެލި، ދިއުމަކީ އާއްމު މެމްބަރުން އެހާ ރުހޭނެ ކަމެއް ނޫނެވެ. ޕާޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް އެއީކަން އަފީފް ފާހަގަ ކުރެއްވި އެވެ.

ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި ބޭފުޅާ ސަރުކާރުގެ ތެރެއިންނާއި، ޕާޓީގެ އެތެރެއިން ބޭރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި މެދު ކަންބޮޑުވާކަމަށް އަފީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ސޯލިހަށް ވެސް ވެރިކަން ލިބި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކަމުދިއުމުން މިހާރު ދެން ބޭނުންވަނީ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަށްކަމަށެވެ.

ވެރިކަން ކުރައްވާނީ ދެ ދައުރުކަމަށް ބުނެ ވެރިކަމަށް ވަޑައިގެންނެވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުން މިސާލު ނަންގަވާ އަފީފް ވިދާޅުވީ ރައީސް ސޯލިހު ވެސް ހަމަ އެ އުސޫލުން ދައުރުތަކަށް ކުރިމަތިލައްވަފާނެ ކަމަށެވެ.

ދާދިފަހުން ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން އަފީފް ވަނީ، ރައީސް ސޯލިހާއި ކޯލިޝަންގައި ހިމެނޭ އަދާލަތާއި އޮންނަ “ގާތް” ގުޅުމުގެ ސަބަބުން އެއީ އެ ޕާޓީގެ މެމްބަރެއްތޯ ހީވާ ފަހަރުތައް ވެސް އަންނަ ކަމަށެވެ.

“ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކީ އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅެއް… އެހެންވީމާ އެހެންވީމާ ޗީފް އޮފް ސްޓާފަށް… މި ދެންނެވީ އަދާލަތުގެ މެމްބަރަކަށް އެހާބޮޑު އިތުބާރެއް ކުރައްވާފައި، ރައީސް ސޯލިހުގެ އަރިހަށް ގެންނަވާނީ، އެމްޑީޕީއަށްވުރެ ބޮޑަށް އަދާލަތަށް އިތުބާރު ކުރައްވާތީ ތާ… އެހެން ނޫނީ އެތާ އެބަތިބި އެމްޑީޕީގެ ބޭފުޅުން ވެސް” އަފީފް

އަފީފް ވިދާޅުވީ ކައިރީގައި ބާރު ހުރި މެމްބަރުންނާއި، ބޭފުޅުން ތިއްބެވިޔަސް ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތީ ރައީސް ނަޝީދަށް ކަމަށެވެ. އަދި ރައީސް ސޯލިހަށް ރައްޔިތުން ވޯޓު ދިނީ، ވެސް ރައީސް ނަޝީދު ވިދާޅުވީތީކަމަށެވެ.

އަފީފް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި މީޑިއާއެއްގައި ދެއްކެވި ވާހަކައިގެ ސަބަބުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ރައީސް ސޯލިހު އަންގާފައިވާ ކަމަށެވެ.

“ކުރީ ރޭ އަޅުގަނޑު ޓީވީ ޕްރޮގްރާމެއްގައި ބުނި އެއްޗަކުން މިހުރީ، ޕާޓީން އަޅުގަނޑަށް ފިޔަވަޅު އަޅަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައި. ދެން މިރޭ ނޭނގެ އަނެއްކާ ކޮން ކަހަލަ ފިޔަވަޅެއްކަމެއް ވެސް އަޅުވައްނީކީ” އަފީފް

ފިޔަވަޅު އަޅާނެކަން ރަސްމީކޮށް އަންގާފައިވޭތޯ އާއި، އަދި ފިޔަވަޅު އަޅާ ސަބަބަކީ ކޮބައިތޯ ސުވާލު ކުރުމުން އަފީފް ވިދާޅުވީ އެއީ “ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅު ހަމަނުޖެހޭ” ވާހަކައެއް ދެއްކުމުން ކަމަށެވެ.

އެފަދަ އެންގުމެއް އެންގީ ކޮން އިރަކުންތޯ ސުވާލު ކުރުމުން އަފީފް ވިދާޅުވީ، އޭނާއަށް އިނގޭހާ ވެސް އެއްޗަކީ ފިޔަވަޅު އަޅަން އެނގީ ރައީސުލްޖުމްހޫރިއްޔާ ކަމެވެ.

“އަޅުގަނޑަށް އެނގެނީ އަންގާފައި އޮތްކަން… އެހެންވީމަ ކަންނޭގެ ޕީޖީ ލީޑަރު އޮތެއް ނޫންތޯ ޓްވީޓު ކުރައްވާފައި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރަކު… އެމްޕީއަކު ނުބުނާނެ އޭ އެހެންނެއް. ދެން ޕާޓީގެ މެމްބަރަކަށް ނުވާނެ ނޫންތޯ” އަފީފް

އަފީފް ވިދާޅުވީ، ރައީސް ސޯލިހާއި އަދާލަތާއި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަ ދެއްކިކަމަށެވެ. އަދި އެކަމާއި ދެކޮޅެއް ވެސް ހަދަން ބޭނުން ނުވާ ކަމަށެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: