ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝުޖާއު ވިދާޅުވީ ނަޝީދު ރައީސްއާއި މެދު އަމަލު ކުރަނީ ހިތްހަމަނުޖެހިފައި ހުރި ބިޓެއްހެން ކަމަށް!

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މި ވެރިކަމާއި މެދު އަމަލު ކުރަނީ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖެއްގެ ސިފައިގައިކަމަށް ޕީއެންސީގެ ނައިބު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަ ކުރުމާއި އެކު ޕާޓީއާއި އާ މެމްބަރުންތައް ދަނީ ގުޅެމުންނެވެ. ހާއްސަކޮށް ޕާޓީގައި މީގެ ކުރިން ތިއްބެވި މެމްބަރުން އޭގެ ތެރޭގައި ހިމެނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މިއަދު ކަންބޮޑުވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް މި ސަރުކާރުގެ ދިފާއުގައި ނިކުންނާތީ ކަމަށެވެ. މި ޕާޓީތަކަކީ އެއީ ގައުމުގެ މިނިވަންކަން ނަގާލުމުގައި ބައިވެރިވި ސިޔާސީ ބޭފުޅުންގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ.

ކޯލިޝަންގައި ހިމެނޭ ލީޑަރުންނަށް ފާޑުކިއުން އަމާޒުކޮށް ޝުޖާއު ވިދާޅުވީ، ރައީސް މައުމޫން އަބްދުލްގައްޔޫމަށް މިއަށް ވުރެ ތެދުވެރި އަމާނާތްތެރި އަދި ގައުމަށް އިހުލާސްތެރި ސަރުކާރެއް ނެތް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ މީހުންނަށް އޯގާތެރި، ގައުމުގެ ދީން ހިމާޔާތް ކުރާ ލީޑަރެއް އެ ނޫނީ ނެތް ކަމަށެވެ.

އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އަބްދުﷲ އަކީ ސަރުކާރުން ހޭވި ހުރިހާ ހަޑިއެއްގެ ބައިވެރިއެއްގެ ގޮތުގައި ސިފަކޮށް ޝުޖާއު ވިދާޅުވީ، އިމްރާންގެ ކޮންމެ ވާހަކައެއް ވެސް ފަށަނީ ސަރުކާރުގެ ރަނގަޅުކަމުގެ ވާހަކައިން ކަމަށެވެ.

“ވަރަށް ހިތާމަ ކުރަން… ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން މަނިކުފާނު ސިފަ ކުރައްވާނީ ކިހިނެއްތޯ ވިދާޅުވެއްޖެއްޔާ، ބުނާނީ މިހާ ބަލާޣާތްތެރި، ތެދުވެރި، އަމާނާތްތެރި، ގައުމަށް އިހުލާސްތެރި ހިދުމަތެއް ކުރައްވަމުން ގެންދަވާ ވެރިއެއް ތާރީހުން ވެސް ނުދެކޭކަމަށް ވިދާޅުވާނީ…. ދެން އަޅުގަނޑުމެން ޖެހިލަމާ ގާސިމް އިބްރާހީމަށް. އެމަނިކުފާނުގެ އަރިހުގައި ވެސް، މި ވެރިކަން ހިނގަމުންދަނީ ކޮން ގޮތަކަށްތޯ ސުވާލުކޮށްފިނަމަ ވިދާޅުވާނެ ރައީސް ސޯލިހުހާ މީހުންނަށް އޯގާތެރި، ގައުމުގެ މިނިވަންކަން ގެއްލުވާ ނުލާ ވެރިއެއް މި ނޫނީ ނެތްކަމަށް… ޝެއިހް އިމްރާންގެ ވާހަކައެއް ދެއްކުމެއް ނެތް. މި ސަރުކާރުން ހޭވި ހުރިހާ ހަޑިއެއްގެ ހޭވިފައި އެ ހުރީ..” ޝުޖާއު

ރައީސް ސޯލިހާއި ދެކޮޅުވެ، އިދިކޮޅާއި ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާކަމަށް ބުނެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ އެތެރެ ފަސާދަކޮށްލުމުގެ ފުރުސަތެއް އެއްވެސް ބޭފުޅަކަށް ނުދެއްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދާއި އެކު އިދިކޮޅުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މިވެރިކަމާއި މެދު ރައީސް ނަޝިދާއި ސުވާލެއް އަމާޒުކޮށްފިނަމަ އެކަން ސިފަކުރާނީ “ބިޓެއްގެ” ސިފައިގައިކަމަށެވެ.

“ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާގެ ސިފައިން ސިފަ ކުރަނީ.. ދެން މިރޭ ދިޔައީމާ އޭނާ އެހާ ހިތްހަމައެއްނުޖެހުނޭ.. ވަރަށް ފާޑަކަށޭ އޭނަ ހުރީ. ދެން މިރޭ އަހަރެން ވަރަށް ހިތްހަމައެއް ނުޖެހެއޭ އޭނާ ވާހަކަ ދައްކާ ގޮތުން.” ޝުޖާއު

ޝުޖާއު ވިދާޅުވީ މިއީ ރައީސް ނަޝީދުގެ ބައިވެރިވުން އޮތް ވެރިކަމެއް ކަމަށެވެ. އެހެން ކަމުން ރައްޔިތުން ބޭނުންވަނީ ދިވެހި މީޑިއާތަކުގެ ކުރިމަތީގައި، ސަރުކާރަށް ކުރާ ތާއީދު ރައީސް ނަޝީދު ގެންދެވުމަށްކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އަދި ދެން ރައީސް ސޯލިހާއި އެކު ދެން ކުރާނެ މަސައްކަތެއް ނޯންނާނެކަމަށް ރައްޔިތުން ގަބޫލު ކުރާނީ އެހާ ހިސާބުންކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އެފަދަ މޭރުމަކުން ވާހަކަ ދެއްކެވިޔަސް، އެއީ ރައީސް ނަޝީދާއި އެކީ މަސައްކަތް ކުރަންޖެހޭ ސަބަބެއް ނޫންކަމަށް ޝުޖާއު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: