ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ތިން ހަފްތާވެސް ހައިކޯޓުން ޔާމީންގެ މައްސަލައެއް ނުބަލާނެ: އަދުރޭ

އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މުހައްމަދު އަހުޒަމް - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައިވެސް ހައި ކޯޓުގައި ކުރިއަށް ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު އިސްތިއުނާފުކު ޝަރީއަތް ތާވަލު ނުކުރާނެކަން އެނގިފައިވާކަމަށް އެމަނިކުފާނުގެ ޢައިރުހާޒިރުގައި އިދިކޮޅު ކޯލިޝަނާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހައިކޯޓަށް ވަޑައިގައިން ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރުންވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ. އެގޮތުން ލީޑަރޝިޕުން ހައިކޯޓަށް ވަޑައިގެންނެވީ ޝަރީއަތް ލަސްވަމުންދިއުމާއި ގުޅިގެންކަމަށެވެ.

އޭނާ ވިދާޅުވީ، މައްސަލަ އިސްތިއުނާފުކުރުމަށް ހުށައަޅާފައިވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގައިކަމަށާއި މިހާރު ސެޕްޓެމްބަރު 19 ވަނަ ދުވަސްކަމަށެވެ. އެހެންކަމުން އެތަނަށް ވަޑައިގަތީ އަވަސްކޮށްދިނުމަށް އެދުމނުގެ ގޮތުންކަމަށާއި އެހެންނަމަވެސް މިހާތަނަށް އައި އިރު މައްސަލަ ނިމިފައިނުވުމުން އެކަމާއި ކަންބޮޑުވެވަޑައިގަންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހައި ކޯޓަށް އައި ކަންބޮޑުވުންތައް ހުރުމުން އަވަސްކޮށްދިނުމަށް އެދުމަށާއި ކަންކަން އޮތް ގޮތް ސާފުކުރުމުގެ ގޮތުންކަމަށެވެ. އަދި މިހާރު ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައިވެސް މައްސަލަ އެޖެންޑާކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަން އެނގިފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ގޮތަށް ވިދާޅުވީ، މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ބެންޗުގައި އިންނަވާ ފަނޑިޔާރަކު ޗުއްޓީ ނަންގަވާ މައުލޫމާތު ލިބިފައިވުމާއިއެކުކަމަށާއި މި މަހުގެ 25 ވަނަ ދުވަހު ހައިކޯޓުގެ ،މުއައްޒަފުންގެ ރަސްމީ ދަތުރެއް އޮތްކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެހެންކަމުން އިންތިހާބުގެ ދެވަނަ ބުރަށް ވޯޓުލާއިރުވެސް ރައީސް ޔާމީންގެ ޝަރީއަތް ތާވަލުކުރުމަށް ވިސްނާފައިނުވާކަމަށް ބެލެވޭކަމަށާއި އެއީ ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އޭނާ ވިދާޅުވީ، ގަސްތުގައި ރާވައިގެން ރައީސް ޔާމީނަށް އަނިޔާތަކެއް ދެމުންދާކަމަށް ތަކުރާރުކުރައްވަމުންދާކަމަށާއި އެކަން ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަޑީގައި ހުންނަވައިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: