ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯކޮށް ވާރޭވެހި ކުރެންދޫ ގޭގެޔަށް ފެންވަދެ ބޮޑެތި ގެއްލުން ތަކެއް ވެއްޖެ

ޅ.ކުރެންދޫ ފޮޓޯ/ފޭސްބުކު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯކޮށް ވާރޭވެހި ކުރެންދޫ ގޭގެޔަށް ފެންވަދެ ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ.

ސޯޝަލް މިޑިޔާގައި ފެންނަ ފޮޓޯތަކުން ކުރެންދޫ މަގުތަށް ފެންބޮޑުވެ ވަރަށް ބޮޑަށް ގޭގެޔަށް ވަނީ ފެންވަދެފައެވެ.

ބޯކޮށް ވާރޭވެހި ޅ.ކުރެންދޫގައި ފެންބޮޑުވުމުން، އެ ރަށުގެ މަގުތަކުން ފެންހިންދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނާއި ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މިގޮތުން، އެ ރަށުގެ މަގުތަކުގައި ހެނދުނު ފެންގަނޑުތައް ހިންދުމަށް ޓަކައި ކޯރު ކެނޑުމުގެ މަސައްކަތާއި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ. މިއަދު ހެނދުނުން ފެށިގެން ސިފައިން ކުރި މި މަސައްކަތް ނިންމާލާފައިވަނީ މިއަދު މެންދުރު ފަހު 13:15 ހާއިރުއެވެ.

މި ކަމާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުން އެކްސްގައި ބުނެފައިވަނީ، ފެން ބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަނެ ފެން ހިންދުމުގެ މަސައްކަތް ދަނީ އެރަށު ކައުންސިލާއި ގުޅިގެން ކުރަމުން ކަމަށެވެ.

ގޭގެއަށް ފެންވަނުގެ ސަބަބުން ލިބުނު ގެއްލުނަތަކުގެ މައުލޫމާތު ސާފު ކުރުމަށް ކުރެންދޫ ކައުންސިލަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ވަަނީ މައުލޫމާތު ލިބޭ ގޮތް ނުވެފައެވެ.

ކުރެންދޫ މީހަކު “ސަންގްޓީވީ” އާއި ވާހަކަ ދެއްކަމުން ބުނީ އެރަށަކީ ގާމަތީ ރަށެއް ކަމަށާއި، ނަމަވެސް ރަށުގެ މެދުތެރެ އޮންނަނީ އަޑިކޮށް ކަމަށެވެ. އެހެންކަމުން ވިއްސާރަވެ ބޯކޮށް ވާރޭ ވޭހޭ ދުވަސްތަކުގައި މިިހާރެކޭ އެއްގޮތަށް ފެންބޮޑުވާ ކަމަށެވެ.

މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އެކިހިސާބަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް  ބުނެފައިވެއެވެ. މީގެ އިތުރުން ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ރާޅުގެ އުސްމިން ހުރީ ދެ ފޫޓާއި ފަސްފޫޓާއި ދޭތެރޭގައެވެ. އުދައިގެ އަސަރު ކުރާން ކަމަށް މެޓުން ބުނެފައެެއް ނުވެއެވެ.

އިލްތިމާސް ކޮށްފައިވަނީ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުކަން ދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: