ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ރަށްތަކަށް އުދައަރާނެކަމަށް ލަފާކޮށްފި

މާލެ ސަރަހައްދަށް އެރި އުދައިގައި މާލެ-ހުޅުމާލެ ހައިވޭގައި ފެންބޮޑުވެފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް ސެންޓަރުން ބުނެފި އެވެ.

މެޓް ސެންޓަރުން އާންމުކޮށްފައިވާ ބަޔާނެއްގައިވާގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެގެންދާނެކަމަށް ބެލެވެއެވެ. އެހެންކަމުން މޭ މަހުގެ 16 ވަނަ ދުވަސްވާ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ ސަރަހައްދުގައި އާންމުކޮށް ވައި ބާރުވެ ކަނޑު ވަރަށް ގަދަވާނެކަމުގެ އިންޒާރު ދީފައިވާއިރު ވިއްސާރަކުރާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް ސެންޓަރުން ބުނެފައިވާގޮތުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު 45-50 މޭލުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވެ ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ރަށްތަަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިފައިވާއިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެގެންދާނެ ނުރައްކާތަކާއި ލިބިގެންދާނެ ގެއްލުންތަކުން ރައްކައުތެރިވުމަށް ކުރިއާލައި ފިޔަވަޅު އެޅުއްވުމަށްވެސް އިލްތިމާސްކޮށޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: