ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ނަތީޖާއިން ފެނުނީ ރައީސް ޔާމީން މިނިވަން ކުރުމަށް ރައްޔިތުން ބޭނުންވާ ވަރު: އަދުރޭ

ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ލަސްވާތީ އިދިކޮޅުން ހައިކޯޓަށް. ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ޝަރިއަތް ލަސްވަމުންދާތީ އިދިކޮޅުން ހައިކޯޓަށް ވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ވ އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ އެ މައްސަލައެވެ

މިއީ ފެބުރުއަރީ މަހުގެ ތެރޭގައި އިސްތިއުނާފުކުރި މައްސަލައަކަށްވާއިރު، ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވާދަ ނުކުރެއްވޭނެކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމާއި ހަމައަށް އިދިކޮޅު ލީޑަރޝިޕްއިން ދިޔައީ ވަރަށް ގިނައިން ހައިކޯޓަށް ވަޑައިގަންނަވަމުންނެވެ. އަދި މި މައްސަލަ އަވަސްކޮށްދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ. ނަމަވެސް މައްސަލަ ބައްލަވާ އެއް ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެން މައްސަލަ ވަނީ ލަސްވެފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމާއިއެކު، ހައިކޯޓަށާއި އަދި އެހެނިހެން މުއައްސަސާތަކަށް ކަންބޮޑުވުން ފާޅުކުރުމަށް ވަޑައިގެންނެވުން މަޑުޖެހުމަކަށް އައިސް އޮވެފައި މިއަދު އިދިކޮޅުގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ. އެބޭފުޅުން މިއަދު އަނެއްކާވެސް ހައިކޯޓަށް ވަޑައިގެންނެވީ މައްސަލަ އިތުރަށް ލަސްވާނެކަމަށް ލަފާކުރެވުމުންނެވެ. އެއީ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިތުރު ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންފައިވާތީއެވެ.

މިކަމާއި ގުޅޭ ގޮތުން ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ މިއީ ރޭވިގެންކުރާކަމެއްކަމަށެވެ. އަދި މަގްސަދަކީ ރައީސް ޔާމީންއަށް އަނިޔާކުރުންކަމަށް ފާހަގަކުރައްވާ ވިދާޅުވީ މިއީ ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއްކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިންވެސް މިކަން ފެނިގެން ދިޔަކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: