ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޝަން ފަންޑާއި ކުޅެންފަށަފިނަމަ އެފަންޑް ބަނގުރޫޓު ވެދާނެ: މަވޯޓާ

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޝަން ފަންޑާއި ކުޅެންފަށައިފިނަމަ އެ ފަންޑް ބަނގުރޫޓު ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ވާހަކަފުޅުތަކުގެ ސަބަބުން ޕެންޝަން ފަންޑު ބަނގުރޫޓު ވެދާނެ ކަމަށެވެ. ހދ. މަހިބަދޫއަށް ޑރ. މުއިއްޒު ކުރެއްވި ކެމްޕެއިން ދަތުރުގައި އެމަނިކުފާނު ވަނީ ޕެންޝަންގް ގޮތުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތްތަކަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މަހިބަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ ހުރި ކަމަށެވެ. އަދި އަހަރަކު 100 މިލިއަން ރުފިޔާގެ ފައިދާ ވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މުއިއްޒު ވިދާޅުވީ 30 ނުވަތަ 40 އަހަރު މަސައްކަތް ކުރުމުން ރައްޔިތުންނަށް ލިބެންޖެހޭ ހިންހަމަޖެހުން ނުލިބޭ ކަމަށެވެ.

މުއިއްޒުގެ ވެރިކަމެއްގައި ގެދޮރު ހެދުމަށާއި، ދަރިންނަށް ކިޔަވާދިނުމަށާއި އަދި ވިޔަފާރިއަށް ޕެންޝަނުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ރައްޔިތުން މަޖިލީހުގެ އެހީތެރިކަމާއެ ގާނުނަށް ބަދަލު ގެނެސްދެއްވާނެ ކަމަށްވިދާޅުވިއެވެ. އަދި ކޮންމެ 10 އަހަރަކުން ޕެންޝަނަ އިން ރުފިޔާ ނެގޭނެ ގޮތަށް އެ ބަދަލު ގެނެސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: