ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކަށް އަނިޔާވެރިއެއް ނުވާނެ: ތޮލާލް

މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް.
ޝެއާރކޮށްލާ ކަހަލަދޯ؟

މުއިއްޒުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކަށް އަނިޔާވެރިއެއް ނުވާނެ ކަމަށް ޕިޕީއެމް/ޕީިއެންސީގެ ތަރުޖަމާނު މުހައްމަދު ތޮލާލު ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ކޮންމެ ދުވަހަކު ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތޮލާލް ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި އަނިޔާވެރިވާނެ ކަމަށް ވިދާޅުވެ ބަޔަކު ވާހަކަތައް ދެއްކި ކަމުގައިވީ ނަމަވެސް އޭނާގެ ވެރިކަމެއްގާއި އެއްވެސް ރައްޔިތަކަށް އަނިޔާވެރިއެއްނުވާނެ ކަމަށާއި، އަދި އެއްވެސްމީހަކު ވަޒީފާއިންވެސް ނުކަނޑާނެ ކަމަށާއި، ވަޒީފާ އަދާ ކުރާ އޮފީހެއްވެސް އުވާނުލާނެ ކަމަށެވެ.

މީގެ ކުރިން ބޮޑެތި ކުށްކޮށްފައި ތިބޭ މީހުންނަށް ލިބޭ އަދަބާއި ގުޅޭގޮތުން މުއިއްޒު ދެއްކެވި ވާހަކަފުޅަކަށް އިދިކޮޅު ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ. ތޮލާލް ވިދާޅުވި އެގޮތަށް އެ ވާހަކަ ދެއްކި ނަމަވެސް މުއިއްޒުގެ ވެރިކަމެއްގައި ކޯޓް ތަކަށް އަތްބޭނުމާއި، ޖުޑީޝެރީ މިނިވަން ކުރާނެ ކަމަށެވެ. ކޯޓުތަކުން ކުރާ ހުކުމަކަށް ދޭ އަދަބަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކުން ނުބެހޭނެ ކަމަށެވެ.

ޕީޕީއެމް ޕީއެންސީއަކީ އަދުލުވެރިކަމަށް ލޯބިކުރާ އިންސާފުވެރިކަމަށް ލޯބިކުރާ ޕާޓީއެއް. މި ޕާޓީގެ ވެރިންނަކީ އަދުލުވެރި އިންސާފުވެރި ވެރިންތަކެއް ތިބި ބައެއް އަދި އެކަމަށް ހިތްވަރުދޭ ބައެއް.

އެހެންކަމުން ކުށްކުރީ ފުރަތަމަފަހަރުތޯ ދެވަނަ ފަހަރުތޯ ބެލުން މުހިންމުނޫން ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތް ހުއްޓާލުމަށާއި، ވޭތުވެދިޔަ ފަސް އަހަރުތެރޭގައި ކަންހިގާފައިވާ ގޮތްްތައްވެސް ވަރަށް ގާތުން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: