ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީ ރަޖިސްޓްރީކުރި މީހުންގެ ލިސްޓުގެ ޝަކުވާއަށް ހުޅުވާލައިފި

9 ސެޕްޓެމްބަރު 2023: ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެެއިން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރީ ރަޖިސްޓްރީކުރި މީހުންގެ ލިސްޓުގެ، ޝަކުވާއަށް ހުޅުވާލައިފިއެވެ.

ރީ-ރަޖިސްޓްރީކުރި މީހުންގެ ލިސްޓުގެ ޝަކުވާއެއްވާނަމަ ޝަކުވާ އަށް ހުޅުވާފައިވާއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ބާކީ އޮތީ ހަތް ދުވަހެވެ. އިކެކްޝަން ކޮމިޝަން އިން  ބުނީ ވޯޓްލާން ޖެހޭތަން އަވަހަށް ޗެކް ކޮށް ޔަގީން ކުރުމަށެވެ. އަދި ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ރީ-ރަޖިސްޓަރީ ވެފައިވަނީ ކޮންތަނަކަށްތޯ ކަށަވަރު ކުރެއްވުމަށް ފަރުދީ ޒިންމާ އަދާކުރެެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރީ ރަޖިސްތްރީ އަށް ހުޅުވާލުމަށްފަހު ސެޕްޓަމްބަރު 17ގައިވަނީ މުއްދަތު ހަމަވެފައެވެ. އެގޮތުން އެ މުއްދަތުގައި ރަޖިސްޓްރީ ބަދަލުކޮށްފައިވާ ފަރާތްތައް އީސީގެ ވެބްސައިޓަށް ޒިޔާރަތްކޮށް މި ކަމާއި ގުޅުންހުރި މައުލޫމާތު ހޯދުމަށާއި، އަދި އެސްއެމްއެސް މެދުވެރިކޮށްވެސް ފަސޭހަކަމާއިއެކު މައުލުމާތު ލިބޭން ހުންނާނެ ކަމަށް ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައުވަނީ ލިސްޓަށް ޝަކުވާ ހުށަހެޅޭނީ މެންދުރުފަހު 3:00 އިން ރޭގަނޑު 9:00 އާއި ހަމަޔަށް ކަމަށެވެ. އަދި މާދަމާ ހެނދުނު 9:00 އިން މެންދުރުފަހު 3:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެސް ބުނެފައި ވެއެވެ.

އިތުރަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވަނީ ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ފިންގަރޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުން ކަމަށެވެ.
އަދި ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށް ވެސް، ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށް ދެއްވާނެ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: