ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު ކެމްޕެއިންގައި ފެހެންދޫ އަދި ގޮއެދޫއަށް: ހިއްސާކުރެއްވީ ވައުދުގެ ބޮޑު ލިސްޓެއް!

ޑރ މުއިއްޒު ކެމްޕެއިންގައި ބ އަތޮޅަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ބ އަތޮޅުގެ ފެހެންދޫ އަދި ގޮއެދޫއަށް ވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ގިނަ އަދަދެއްގެ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ކެމްޕެއިންގައި ބ ފެހެންދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެ ބަޔަކު ތިބި ރަށެއްގައި ތިބެގެން، ރަށުން ހިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެކަމަށެވެ.

ސިއްހީ ނިޒާމު ހަރުދަނާކޮށް، އާބާދީއަށް ބޭނުންވާ ވަރަށް ޓެސްޓް ފެސިލިިޓީތައް ގާއިމްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ތައުލީމީ ނިޒާމު ހަރުދަނާކޮށް، އެ ރަށެއްގެ ސުކޫލު އެ ރަށެއްގެ ބާރުވެރިކަމަށް ގެންނާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އެއީ ފެހެންދޫގައި ހުންނަ ސުކޫލު އެހެން ރަށެއްގެ ބާރުގެ ދަށުގައި ހިމަނާފައިވާތީއެވެ. ޒަމާނީ ޓެކޮނޮލޮޖީގެ ބޭނުން ހިފައިގެން، ތައުލީމީ ނިޒާމު ހަރުދަނާކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޑރ މުއިއްޒު ކެމްޕެއިންގައި ބ އަތޮޅަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ

ރަށް ގިރުން ހައްލުކޮށްދެއްވާ، ކުނި މެނޭޖުކޮށްދެއްވާނެކަމަށާއި، އިންޑޯ ޖިމްތައް ބޭނުންވާ ރަށްތަކަށް އިންޑޯ ޖިމް އަދި އައުޓް ޑޯ ޖިމްތައް ބޭނުންވަ ރަށްތަކަށް އައުޓޯ ޖިމް އަޅައިދެއްވާނެކަމަށްވެސް ވައުދުވެވަޑައިގެންނެވިއެވެ. އަދި މިސްކިތެއް ބިނާކޮށްދެއްވާ، ޒުވާނުންގެ މަރުކަޒެއްވެސް އަޅައިދެއްވާނެކަމަށާއި، ދަނޑުވެރިކަން ކުރިއަރުވާ، ދުނިޔޭގެ ބާޒާރަށް ނެރެދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ފެހެންދޫގައިވެސް ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމަށް ވައުދުވެވަޑައިގެން، ނަރުދަމާގެ މަޝްރޫއު މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

އެއަށްފަހު ގޮއެދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެ ރަށުގައި ފަތުރުވެރިކަން ތައާރަފުކުރައްވާނެކަމަށާއި، ފަޅުގައި ރިސޯޓު ހެދުމަށްފަހު އިންވެސްޓަރުން ހޯދާ އޭގެން ނަފާ ހޯދާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. މިކަމަށްޓަކައި ދަތުރުފަތުރުކުރުމުގެ ނިޒާމު މުހިންމުކަމަށާއި، އެހެންކަމުން ސީޕްލޭން އުދުހޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ޑރ މުއިއްޒު ކެމްޕެއިންގައި ބ އަތޮޅަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ

ބަޔޯސްފިޔާއަށް ލާފައި އޮތް ސަރަހައްދުން ގޮއެދޫއަށް އެއްވެސް ފައިދާއެއް ނުވާނެކަމަށާއި، ބަޔޯސްފިޔާއަށް ލަނީ އިގްތިސާދީ ފައިދާ ހޯދުމަށް ނަމަވެސް އެކަން ހާސިލްނުވެ އެތައް އަހަރެއްވެފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ރަށުގައި އީކޯ ޓޫރިޒަމްގެ ހާއްސަ ޕްރޮޖެކްޓެއް ހިންގަވާނެކަމަށްވެސް ޑރ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

މީގެ އިތުރުން ވީ ވައުދުތަކުގެ ތެރޭގައި ބޯޅަ ދަނޑު ރަނގަޅު ފެންވަރަށް ތަރައްގީކޮށްދެއްވުމާއި، ސުކޫލު ތަރައްގީކޮށްދެއްވުމަށް ޖާގަ އިތުރުކޮށްދިނުމާއި، އަދި ބަނދަރު ތަރައްގީކޮށްދެއްވުމަށްވެސް ވައުދުވެވަޑާއިގެންނެވިއެވެ.

ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކައި މަސައްކަތްކުރައްވާނެކަމަށާއި، އިންޖީނުގެ ބަދަލުކޮށް، ރަށް ގިރުމުގެ މައްސަލަައަށް ހައްލު ހޯދައިދެއްވުމަށްވެސް ވައުދުވެވަޑައިގެންވިއެވެ. ޔޫތް ސެންޓަރެއް ގާއިމްކޮށް، އޭޓީއެމްއެއްވެސް ތަރައްގީކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވެވަޑާއިގަންނަވާ ކޮންމެ ވައުދެއް ފުއްދަވާނެކަމަށާއި، ބޮލުން ނައްޓާ ނުލައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ބައެއް ރަށްތަކަށް ގިނަ ވައުދުވަނީ ތަފާތުކުރުމެއް ގެންގުޅޭތީ ނޫންކަމަށާއި، މި ވެރިކަމުގައި އެ ރަށަށް އެކަންކަން ކޮށްދެއްވާފައިނުވާތީކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: