ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތާދޫއަށް ވަޑައިގެން ވާދަވެރިންގެ ހުރި ޝަކުވާތައް އަޑުއައްސަވާ މުއިއްޒު ދެއްވީ، ސިޔާސީ ތަފާތުކުރުން ނައްތާލާނެކަމުގެ ޔަގީންކަން!

ޑރ މުއިއްޒު ބ ހިތަދޫއަށް ވަޑައިގަތުމުން އިހުތިޖާޖުކުރި އެމްޑީޕީގެ މެންބަރުންނާއި އެމަނިކުފާނު ބައްދަލުކުރައްވަނީ. ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ބ ހިތާދޫއަށް ވަޑައިގަތުމުން، އެ ރަށުގެ އެމްޑީޕީ މެންބަރުން ނިކުމެ ޕީޕއެމްގެ ކުރީގެ ވެރިކަމުގައި ފުއްދަވައިނުދެއްވާ ހުރި ވައުދުތައް އެމަނިކުފާނާއި ހިއްސާކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ޑރ މުއިއްޒު މިއަދު ދަތުރު ކުރައްވަމުން ގެންދަވަނީ ބ އަތޮޅުގެ ރަށްތަަކަށެވެ. އެގޮތުން މިއަދުގެ ހަތަރު ވަނަ މަންޒިލް ބ ހިތަދޫއަށް އެމަނިކުފާނު ވަޑައިގެންނެވިއިރު، އެ ރަށުގެ ސަޕޯޓަރުން ދިޔައީ އަޑުގަދަ ކުރަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެން ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަންވެފައިނުވާކަމުގެ ޝަކުވާ އެމީހުންގެ އޮތެވެ. ޑރ މުއިއްޒު ވަނީ އެ ފަާރާތްތަކުގެ ކައިރިއަށް ގޮސް ޝަކުވާތައް އަޑު އައްސަވާފައެވެ.

ޑރ މުއިއްޒު ކެމްޕެއިންގައި ބ ހިތަދޫއަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ

އެ މައްސަލަތައް ހައްލުކޮށްދެއްވުމަށް ޑރ މުއިއްޒު ވަނީ އެއްބަސްވެވަޑައިގެންފައެވެ. އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަނީ ހުރިހާ ރައްޔިތުންނަށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއިއެކު ވެރިކަން ކޮށްދިނުމަށްކަމަށެވެ. ސިޔާސީ ފިކުރަށް ބަލާ ތަފާތުކުރުން ނުގެންގުޅުއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ މުއިއްޒު ކެމްޕެއިންގައި ބ ހިތަދޫއަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ

ރަށުގައި ކުރިއަށްދާ މަޝްރޫއުތަކާއި ގުޅިގެން ޑރ މުއިއްޒު ވިދާޅުވީ ފެނާއި ނަރުދަމާއާއި، ބަނދަރުގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުރިކަމުގެ ޝަކުވާ އެބައޮތްކަމަށެވެ. މި މަޝްރޫއުތައް ބާރު މިނުގައި ކުރިއަށް ގެންދަވާ ދެއްވާނެކަމުގެ ޔަގީންކަން ދެއްވުމަށްފަހު، ސިއްހީ މަރުކަޒު ލެބޯޓްރީ ހިދުމަތް ލިބޭނެ ގޮތަށް ތަރައްގީކޮށްދެއްވުމާއި، ރަށު ސުކޫލުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

މެދު އަދި ދުރު ރާސްތާގެ ޕްލޭންއަކަށް ބަލައިގެން ރަށްރަށަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: