ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޓަޔާވާ އުމުރު ފަހަނައެޅިޔަސް ކޮންޓްރެކްޓް އުސޫލުން ވަޒީފާގައި ތިބެވޭނެ މަގެއް ގާއިމް ކޮށްދޭނަން:މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިގުމުއްދަތަށް ވަޒީފާގައި އުޅުއްވާ ފަރާތްތައް ރިޓަޔާވާ އުމުރު ފަހަނައެޅިޔަސް ކޮންޓްރެކްޓް އުސޫލުން ވަޒީފާގައި ތިބެވޭނެ މަގެއް ގާއިމް ކޮށްދެވޭނެ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު އާސްކު މުއިއްޒު” ޕްރޮގުރާމްގައި އާންމު މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ 65 ވެ އުމުރުން ދުވަސްވެފައިވާ މީހުން ވަޒީފާ ދޫކޮށް ދާން ޖެހުމުން ނަފްސާނީ ގޮތުން ނިކަމެތިކަމާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާއި މީގެކުރިން ދިމާވެފައިވާ ކަމަށެވެ.

އެހެންކަމުން އެފަދަ ފަރާތްތަކުގެ ތެރެއިން ސިއްހަތު ރަނގަޅު ވަޒީފާގައި ތިބެވޭނެ ފަރާތްތައް ދެނެގަނެ ވަޒީފާއިން ވަކި ނުކޮށް ކޮންޓްރެކްޓް އުސޫލުން ވަޒީފާގައި ބޭއްތިއްބުމަކީ އޭނާގެ ވެރިކަމެއްގައި ކުރައްވާނެ ކަމެއް ކަމަށެވެ. އެގޮތަށް ވަޒީފާގައި ތިއްބަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ފަހި ކޮށްދެއްވާނެ ކަމަށާއި، އެފަދަ ކޮންޓްރެކްޓްތައްވާނީ އަހަރުން އަހަރަށް އާކުރެވޭ ކޮންޓްރެކްޓްތަކަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

“އެފަދަ ކޮންޓަކްޓަށް އިދާރީ ގޮތުން ކުރައްވާ ކަންކަން ކުރައްވާނެ. ގާވާއިދާ ގާނޫނުގެ ތެރެއިންވެސް ޖާގަދެވޭނެ. ސިވިލްސާވިސްތެރެއިވެސް ފަހިވާނެ.” ޑރ. މުއިއްޒު

މުއިއްޒު ވިދާޅުވީ ރިޓަޔާވެގެން ގޮތް، ހުސްވެގެން މާލޭގެ މޭޔަރަކަށް ހުންނެވި ފަރާތުގެ ހައިސިއްޔަތުން، މާލޭގެ ރައްޔިތުންވެސް އެމަނިކުފާނާއި މީގެ ކުރިންވެސް ބައްދަލު ކުރައްވާފައިވާ ކަމަށެވެ. ވިޔަފާރިއެއް ކުރުމާއި އަދި އެފަދަ ކަންކަމާއި ގުޅޭގޮތުން ގިނަ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެއީ ވަޒީފާތަކުގައި ވަރަށްގިނަ ދުވަހު މަސައްކަތްތައް ކުރައްވާފައިވާ ފަރާތްތައް ކަމަށްވާތީ މަސައްކަތް، ކުއްލިއަކަށް ހުއްޓާލާފައި ހުންނަނަން ޖެހުމުން އުނދަގޫތަކެއްވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެހެން ކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ކަމެއް ނޭނގި ކުރިއަށްނުދާނެ ކަމަށާއި، ނުވެވޭނެ ކަމެއްގެ ވައުދެއް ރައްޔިތުންނަށް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: