ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ވެރިކަމެއްގައި ދައުލަތް ދާނީ އާ އުސްމިންތަކަކަށް ކުރިއަރަމުން: ޝަހީމް

ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، ދައުލަތް ދާނީ އާއުސްމިންތަކަކަށް ކުރިއަރަމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ބ. ކަމަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ޝަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ވަރަށް ވެސް މުހިންމު އިންތިހާބެއް ކަމަށެވެ. އެ އިންތިހާބަކީ ރާއްޖޭގެ ކުރިމަގު ބައްޓަން ވެގެންދާނެ އިންތިހާބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އިންތިހާބުގެ ވޯޓާ އެކީގައި ދިވެހި ގައުމު އޮންނާނީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ތޯ ނުވަތަ ރާއްޖެ އޮންނާނީ އެހެން ގައުމެއްގެ ސްޓޭޓެއް ގޮތުގައިތޯ ކަނޑައެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމްގެ ވާހަކައިގައި ވަނީ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މުއިއްޒު އާ އެކީގައި ތިބުމަށް ގޮވާލައްވައިފައެވެ. މުއިއްޒުއަކީ މި ޒަމާނުގެ ތައުލީމު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށާއި، ތަޖުރިބާ ހުރި ބޭފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ގޮތުން ކެބިނެޓުގައި މަސައްކަތް ކުރައްވާފައިކަން ފާހަގަ ކުރައްވާ ޝަހީމު ވިދާޅުވީ ރާއްޖެއަށް ގެނައި ތަރައްގީގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް އެންމެ މުހިންމު ދައުރެއް އަދާ ކުރެއްވި ވަޒީރަކީ ވެސް މުއިއްޒު ކަމަށެވެ.

އެހެންކަމުން އޭނާގެ ވެރިކަމެއްގައި ދިވެހިންނަށް ފެނިގެންދާނީ ފާގަތިކަން ކަމަށާއި އަދި ދައުލަތް ކުރިއަރަމުން ދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

މުއިއްޒު އަނިޔާވެރިވާނެކަމަށް ބުނާ ވާހަކައިގެ ރައްދުގައި ޝަހީމު ވިދާޅުވީ އެފަދަ އިލްޒާމެއް އެމަނިކުފާނު ބޮލުގައި އަޅުވާނެ ޖާގައެއްނެތްކަމަށެވެ. އަދި އެއީ ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ދައްކާ ވާހަކަ ތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެ ފިތުނާގައި ނުޖެހި އެއްބައިވަންތަވުމަށްވެސް ޝަހީމް އެދިވަޑައިގަތެވެ.

ޑރ. މުއިއްޒު އިންތިހާބު ކުރަންވީ ރާއްޖެ ސަލާމަތް ކުރުމަށް ކަމަށާއި، ރާއްޖެއިން ގެއްލެމުން ނެތެމުން ދާ މަކާރިމުން އަޚްލާގު ރާއްޖެއަށް އިއާދަ ކުރުމަށް ކަމަށާއި އަދި ރާއްޖޭގެ ސަގާފަތާއި ތާރީހު އާލަކޮށް ދިރުވުމަށްޓަކައި ކަަމަށް ޝަހީމް ވިދާޅުވިއެވެ. ދިވެހީންނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ދައުލަތް ހިންގާ ބައެއްގެ ގޮތުގައި ތިބުމަށް މުއިއްޒު އިންތިހާބު ކުރައްވަންޖެހެވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރައީސްއަކު އިންތިހާބު ކުރަން މިއުޅެނީ ވަކި ޕާޓީއަކަށް ނޫން ކަމަށާއި، ވެރިއަކު ހޮވާ އިރުން ޝަހުސިއްޔަތުން ހުންނަ އިލްމީ، ޝަހުސިއްޔަތު ވަރުގަދަ ބޭފުޅަކު އައްޔަން ކުރަން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ވެރިއެއްގެ ހުންނަން ޖެހޭ އެންމެ އަސާސީއެއް ސިފައަކީ އިލްމު ކަމަށާއި މުއިއްޒުއަކީ އިލްމީ ބޭފުޅެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ އެއީ ދިވެހީންނަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް އަދި އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ގައުމުގެ ޒުވާނުންނަށް ނަމޫނާ ދެއްކޭ ބޭފުޅަކަށް މި ގައުމުގެ ރައީސް ވާންޖެހޭނެކަމަށާއި. އިސްލާމް ދީނަށް ހުރުމަތް ތެރިކޮށް ހިތާ  ބޭފުޅަކަށް ވާންޖެހޭނެކަމަށް ޝާހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: