ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުއްޓަށް ވަޑައިގެން ޑރ މުއިއްޒު ވެވަޑައިގެންނެވީ ހުރިހާ ދާއިރާއެއް ކުރިއެރުވުމުގެ ވައުދު!

ކެމްޕެއިންގައި ޑރ މުއިއްޒު ހދ ކުޅުދުއްފުއްޓަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރެއްވަމުން ގެންދަވާ ކެމްޕެއިންގައި، ހދ ކުޅުދުއްފުއްޓަށް ވަޑައިގެން ހުރިހާ ދާއިރާއަކުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ބ، ޅ އަތޮލަށް ކުރެއްވި ކެމްޕެއިން ދަތުރުތަކަށްފަހު ހދ ކުޅުދުއްފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ޑރ މުއިއްްޒު ވިދާޅުވީ، މި ސަރަހައްދުގެ މައި މަރުކަޒަކީ ކުޅުދުއްފުށި ސިޓީކަމަށެވެ. އަދި ވިދާޅުވީ ސަރަހައްދީ ތަރައްގީގެ ސިޔާސަތު އިސްކޮށްގެން މަސައްކަތްކުރުމުން ތަރައްގީ އަންނަނާނެކަމަށެވެ.

އެމަނިކުފާނު ކުޅުދުއްފުއްޓަށް ހާއްސަކޮށްވީ ވައުދުތަކުގެ ތެރޭގައި 2،000 ހައުސިން ޔުނިޓުގެ ހައުސިން މަޝްރޫއުއެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމާއި ގެދޮރު ހެދުމަށް ދޭ ލޯނާއި އަދި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ދޫކުރާ ލޯނުގެ ފުރުސަތުވެސް މި ސިޓީގެ ރައްޔިތުންނަށް ލިބިގެންދިއުން ހިމެނެއެވެ.

ކުޅުދުއްފުށީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިނުމަށް ވައުދުވެވަޑައިގެން، މަގުތައް ހަދާއިރު ރޭސިންއަށް ހާއްސަކޮށް ބައެއް މަގުތައް ތަރައްގީކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ރޭސިން ޖެހުމަށްޓަކައި ވަކި އުސޫލުތަކެއް ހައްދަވާނެކަމަށާއި، އެކަން ކުރިއަށްދާނީ ހުދޫދުގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ.

ކެމްޕެއިންގައި ޑރ މުއިއްޒު ހދ ކުޅުދުއްފުއްޓަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ

ކުޅުދުއްފުށީ ހޮސްޕިޓަލަކީ ހަގީގީ މާނައިގެ ޓާޝަރީ ހޮސްޕިޓަލަކަށް ހަދާނެކަމަށާއި، އަދި މި ހޮސްޕިޓަލު ތަރައްގީކުރާއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަކަމާއިއެކު ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށް ފާހަގަކޮށް ޑރ މުއިއްޒުު ވިދާޅުވީ ހޮސްޕިޓަލް ތަރައްގީކޮށް، އިތުރު ހިދުމަތްތައް ތައާރަފުކުރުމުން އުފެދޭ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި ދިވެހިންނަށް އިސްކަންދެއްވާނެކަމަށެވެ. ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރާ ކަންކަމަށް ބަޖެޓުން ހާއްސަކުރާނެކަމަށާއި، ޕަަބްލިކް ހެތް ދާއިރާއަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ އެއާޕޯޓު އިތުރަށް ތަރައްގީ ކޮށްދެއްވާނެކަމަށާއި، އެއާޕޯޓާއި އިންވެގެން އޮތް ބިމުން އިގްތިސާދީ ފައިދާ ހޯދައިދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. އަދި ކޭލަކުނު އިކޯ ޓޫރިޒަމް މަޝްރޫއުގެ ވާހަކަވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި ކުޅިވަރަށްޓަކައި ވަރަށް ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައިވާކަމަށާއި، ރަށުގެ އާބާދީއަށް ބަލައި، ދެ ޖިންސުގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ސްޕޯޓްސް ކޮމްޕްލެކްސް ހަދާ، އިތުރު ފުރުސަތުތައްވެސް ފަހިކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ކެމްޕެއިންގައި ޑރ މުއިއްޒު ހދ ކުޅުދުއްފުއްޓަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ

ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭންކްތައްް ގާއިމްކުުރި ނަމަވެސް ޑޮލަރު އޭޓިއެމް މަދުކަމަށް ފާހަގަކޮށް، ޑރ މުއިއްޒު ވިދާޅުވީ ޔޫއެސް ޑޮލަރ ނެގޭ ގޮތަށް ބޭންކިން ނިޒާމު ތަރައްގީކުރުމަކީ ވަރަށް މުހިންމުކަމެއްކަމުން ކުޅުދުއްފުށީގައި މިކަން ކޮށްދެއްވާނެކަމަށެވެ.

ޕޯޓް ތަރައްގީކޮށް، ރަނގަޅު ފެންވަރެއްގެ ސްލިޕްވޭއެއް ގާއިމްކުރުމަށާއި، އަދި ކުނި މެނޭޖުކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި، ރަނގަޅު ފެންވަރުގެ ވޭސްޓް މެނޭޖްމެންޓް ސެޓަޕްއެއް ހައްދަވައިދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑާއިއެކު ކުރިއަށް ދިއުމަށް ނިންމައިދެއްވުން އެއީ، އަޅުގަނޑުގެ އިހުލާސްތެރި އެދުން.

ޑރ މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ މުއިއްޒު ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރާއްޖެއަކީ މުސްލިމް ގައުމުތަކާއި ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ނަމަވެސް، މި ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މިކަން ނެތް ގޮސްފައިވާކަމަށާއި، ފެންނަމުންދަނީ ވަރަށް ބީރައްޓެހި ހާރިޖީ ސިޔާސަތުތަކެއްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މި ވެރިކަމުގެ ދައުރުގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާއާއި ނައިބު ރައީސްގެ ތެރެއިން އެއްވެސް ބޭފުޅަކު ޕާކިސްތާނަށް ވަޑައިގެންފައިނުވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ވަކި ގައުމަކަށް ބަރޯސާވެފައިވާ ހާރިޖީ ސިޔާސަތެއް އޮތްކަމަށް ސިފަކުރައްވާ، ގައުމުގެ މިނިވަކްނަ ްގެއްލިގެން ދިއުމުގެ ފުރުސަތު އެބައޮތްކަމަށާއި، ރާއްޖޭގައި އިންޑިއާގެ ސިފައިން އެބަތިބިކަމަށް ފާހަގަކުރައްވާ ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގެ ފިރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރެއްވުމަށެވެ.

ކެމްޕެއިންގައި ޑރ މުއިއްޒު ހދ ކުޅުދުއްފުއްޓަށް. ފޮޓޯ: ޕީޕީއެމް/ޕީއެންސީ

ގައުމުގެ މިނިވަކަން ގެއްލުމުގެ ފުރުސަތު އޮތީ ހަމައެކަނި މިހާ ހިސާބުން ނޫންކަމަށާއި، ރާއްޖެއިން އެހެން ގައުމުތަކުން ނަގާފައިވާ ދަރަނި އިންތިހާއަށް އިތުރުކަމަށާއި، އެހެންކަމުން އެ ދަރަނި އަނބުރާ ނުދެއްކިއްޖެނަމަވެސް ގައުމުގެ މިނިވަންކަން ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށޤ ޑރ މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށާއި، އަދި މަޝްރޫއުތައް ހަވާލުކުރުމުގައި ހިންގާ ކޮރަޕްްޝަންގެ އަމަލުތައް ހުއްޓުވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. ބާރު ސްޕީޑުގައި މަޝްރުއުތައް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނުދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 55%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 9%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: