ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހާއި ބައްދަލުކުރުމަށް ރައީސް ނަޝީދު ރައީސް އޮފީހަށް!

ރައީސް ސާލިހާއި ބައްދަލުކުރުމަށް ރައީސް ނަޝީދު ރައީސް އޮފީހަށް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ބައްދަލުކުރެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

ބައްދަލުކުރައްވަން ސީދާ ވަޑައިގެންނެވީ ކޮން ވަގުތަކުކަން ސާފުނުވީ ނަމަވެސް، ރައީސް ނަޝީދުގެ މޮޓޯކޭޑު ރައީސް އޮފީހަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ.

މި ބައްދަލުވުމާއި ގުޅިގެން ރަސްމީ ގޮތެއްގައި އެއްވެސް ބޭފުޅަކު އަދި އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައިނުވާއިރު، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އަށް “ސަންގު” ގުޅުމުން އެއްވެސް ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ. އަދި މެސެޖު މެދުވެރިކޮށް ޖަވާބެއް ހޯދުމަސް ކުރި މަސައކްަތްވެސް އަދި ކާމިޔާބުވާގޮތެއް ނުވެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު ރައީސް ސާލިހު ވަނީ ރައީސް ނަޝިދު އާއި ކޯލިޝަންގެ މަޝްވަރާތައްވެސް ކުރައްވާފައެވެ. އެއެއާއިއެކު ޝަރުތެއްގެ ގޮތުގައި ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ދަ ޑިމޮކްރެޓްސްއިން ރައީސް ސާލިހަށް ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ހުށައަޅާފައެވެ.

ނިޒާމު ބަދަލުކުރުމުގެ ވޯޓު ނެގުމަށް މަޖިލީހުސް ފާސްކޮށްފައިވާއިރު، މި ވޯޓާއި ގުޅޭ ގޮތުން ރައީސް ސާލިހާއި ރައީސް ނަޝީދު ވަނީ ފޯނު މެދުވެރިކޮށް މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ވޯޓު ނަގާނެ ތާރީހަކާއި ގުޅިގެންވެސް މަޝްވަރާކޮށްފައިވާއިރު، މިހާރު މި ވޯޓު ނެގުމަށް ނިންމާފައިވަނީ އޮކްޓޯބަރ 30 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: