ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް އިރެއްގައި އަޅުގަނޑުގެ ސިޔާސީ ވެއިޓެއް ހުންނަކަމަކަށް ގަބޫލެއް ނުކުރަން: ރައީސް ނަޝީދު

މަޖިލީހުގައި ރައިސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން މާ ބުރަދަން ހުންނަ ބޭފުޅެއްކަމަށް އެއްވެސް އިރެއްގައި ގަބޫލު ނުކުރައްވަންކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ސަންގުން” ވަނީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އަމިއްލަ ކޮންވީނިއަންސްއަށްކަމަށް ފާހަގަކޮށް، އެމަނިކުފާނަށް ފެންނަ ގޮތަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލުކޮށްފައެވެ. އަދި އެމަނިކުފާނަށް މީގެ ކުރިން ސިޔާސީ ގޮތުން އޮތް ތާއީދު އަދިވެސް އެބައޮތްތޯ ސުވާލުކުރިއެވެ.

ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ “ގޮނޑި ކޮށްކޮށް އެއް” ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ވެއިޓެއް ހުންނަކަމަކަށް އެއްވެސް އިރަކު ގަބޫލެއް ނުކުރައްވަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑަކީ އެއްގޮތަކަށްވެސް ސިޔާސީ ވެއިޓެއް ހުންނަ މީހެއްގެ ގޮތުގައި އަޅުގަނޑު ދުވަހަކުވެސް ނުބަލަން. އަޅުގަނޑަށް ފެނުނު ރަނގަޅުކަމެއް ކުރެވޭތޯ އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުންދަނީ.

ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ އެމަނިކުފާނަށް ފެންނަ އެންމެ ރަނގަޅުކަމެއް ކުރެވޭތޯކަމަށެވެ.

ބަރުލަމާނީ ނިޒާމީ ރާއްޖެ ގެނައުމަށް ރައީސް ނަޝީދު ބުރަ މަސައްކަތްތަކެއް ކުރައްވާ، ޑިމާންޑް ކުރެއްވި ނަމަވެސް މިއީ ސިޔާސީ ލީޑަރެއްގެވެސް އަދި މަޖިލީހުންގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުންވެސް މާ ބޮޑު ތާއީދެއްކުރާކަމެއް ނޫންކަމަށް ނޫސްވެރިޔާ ފާހަގަކުރުމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތާއީދު ބިނާވެފައި އޮންނަނީ އެތަނުން ނަގާ ވޯޓަކަށްކަމަށެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު ދެއްވިތަން މަޖިލީހުން ފެނިފައިވާކަމަށެވެ.

އެމަނިކުފާނު ގިނަ މަސައްކަތް ކުރައްވާއިރު، އެކަންކަމަށް ސިޔާސީ އެހެން ލީޑަރުން ތާއީދު ނުކުރައްވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިމެންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވުމުންވެސް އެކަމަށްވެސް އެއްވެސް ބޭފުޅަކު ތާއީދު ނުކުރައްވާކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އޮންނަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވުމުންވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވާކަމަށާއި، އެވާހަކަ ދެއްކެވުމުން ލީ ޖަލަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނާއި ގާތުން، ރައްޔިތުން ރުހޭ ގޮތަށް ވެރިކަން ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި، އެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެން ސިޔާސީ ލީޑަރުން އެކަމަށް ތާއީދުނުކުރެއްވުމާއިމެދު ދަންނަވާނެ އެއްޗެއް ނެތްކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަކީ މީގެ ކުރިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ބޭފުޅެއްކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ނަމަވެސް ރިޔާސީ އިންތިހާބާއި، ނިޒާމީ ވޯޓާއި އެއްވެސް ގުޅުމެއް ނެތްކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: