ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އެދިވަޑައިގަތީ ރައީސް ސާލިހު ފަހަތަށް ޖެހި، އިލްޔާސްއަށް ފުރުސަތުދެއްވަން!

ރައީސް ނަޝިދު އިލްޔާސް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފަހަތަށް ޖެހިވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑީޑޭޓު އިލްޔާސް ލަބީބްއަށް ފުރުސަތުދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ..

މި ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ކެންޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. ދެބޭފުޅުންވެސް އެހެން ޕާޓީތަކުގެ ތާއިދު ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވަމުންނެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ރައީސް ސާލިހު ރައީސް ނަޝީދާއި ބައްދަލު ކުރައްވާފައިވާއިރު، ވަކި ގޮތަކަށް އެއްވެސްކަމެއް ނިންމާފައިވޭތޯ މިއަދު މަޖިލީހުގައި ރައީސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ސުވާލުކުރެއްވިއެވެ.

އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓި ދަ ޑިމޮކްރެޓްސްއިން ވަކި ޕާޓީއަކަށް ތާއީދުކުރުމަށް ނުނިންމެވި ނަމަވެސް އަމިއްލަ ހައިސިއްޔަތުން މި އިންތިހާބުގައި ތާއީދުކުރައްވާ ކޮން ކެންޑިޑޭޓަކަށްތޯ ސުވާލުކުރުމުން ރައީސް ނަޝިދު ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރައްވަނީ އިލްޔާސް ލަބީބްއަށްކަމަށެވެ. އަދި ގާނޫނު އަސާސީގެ 111 ވަނަ މާއްދާއިން މިކަން ކުރެވޭނެކަމަށާއި، އެއީ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ހަވާލާދެއްވި ގާނޫނުގެ ށ ގައި ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ތެރެއިޖް އެއް ކެންޑިޑޭޓަކު، އެއްވެސް ސަބަބަކާއި ހުރެ އިންތިހާބުން ވަކިވެއްޖެނަމަ އިންތިހާބުގެ ފުރަތަމަ ބުރުގައި އިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަށް ދެވަނަ ބުރުގައި ވާދަކުރެވޭނެކަމަށެވެ.

އެމަނިކުފާނު ވަނީ އިލްޔާސް ލަބީބްއަށް ފުރުސަތުދެއްވުމަށް ގޮވާލާފައެވެ.

ތިޔަބޭފުޅުން ބައްލަވައިފިއްޔާ، ގާނޫނުއަސާސީގެ 111 މާއްދާއިން އަޅުގަނޑު މި ދައްކާ ވާހަކަ ސާފުވާނެ. ގާނޫނީ ހުއްޖަތެއް ނެތް ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ.

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިލްޔާސް ލަބީބްއަށް 15،000 އެއްހާ ވޯޓު ލިބިވަޑައިގެންފައިވާއިރު، ދަ ޑިމޮކްރެޓްސްއިން ނިންމީ މި އިންތިހާބުގައި ނިއުޓްރަލްކޮށް ތިއްބެވުމަށެވެ. މިއަދު ރައީސް ސާލިހާއި ރައިސް ނަޝީދު ބައްދަލުކުރައްވާފައި ވީ ނަމަވެސް، ރައީސް ސާލިހަށް އިންތިހާބުގައި ތާއީދު ކުރެއްވުމާއި ގުޅިގެން ވަކި ގޮތެއް ނިންމިކަން އަދި މިހާތަނަށް ހާމަ ކުރައްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 41%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 0%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: