ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒާތީގޮތުން ވާހަކަ ދައްްކާ ބަޔަކު ފަަޟީހަތްވާނީ، ރައްޔިތުން އަަޅުގަނޑަށް އިތުބާރު ކުރައްވާ : ޑރ. މުއިއްޒު

ކެމްޕެއިންގައި ޑރ މުއިއްޒު މާކުރަތަށް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންކަމުގައި ފަަޟީހަތްވެގެންދާނީ ޒާތީގޮތުން ވާހަކަދައްކާ ބައެއް ކަމަށާއި، ރައްޔިތުން އެމަނިކުފާނަަށް އިތުބާރު ކުރެއްވުމަަށް ޑރ. މުއިއްޒު އެދިވަޑައިގެންފިއެވެ.

ކެމްޕޭން ދަތުރުފުޅަށް ފުވައްމަލަކަށް ވަޑައިގެން ރޭ ފުވައްމަލަކު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ މީހެއްނޫން ކަމަށާއި، އަދި އެއްވެސް މިހަކަށް ދެރައެއްވެސް ދޭނެ މީހެއްނޫން ކަމަށެވެ، ހަމަ އެގޮތަށް އެއްވެސްމީހެއްގެ ހައްގަކަށްވެސް އަރައި ނުގަންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

” ވާހަކަ ދައްކަވާ ބޭފުޅުން ގިނަގިނައިން ދައްކަވަންވީ. މައްސަލައެއް އޮތިއްޔާ ރަސްމީ އިދާރާތަކުން ބައްލަވަންވީ. މައްސަލައެއްނޯންނާނެ. ބައްލާވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ ބައްލަވަނީ އިންސާފު ވެރިކަމާއި އެކުގައޭ.” މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ ސިޔާސީ ނުފޫޒުން އެއްކިބާވެގެން މައްސަލަ ބައްލަވާ ފަރާތްތައް ހަމަ ބައްލަވަންވީ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އޭރުން މާބޮޑަށް ހިންހަމަޖެހުން ލިބޭނެ ކަމަށާއި، އޭރުން ދޮގު ހައްދަވާ ފަރާތްތައް މާ ރަނގަޅަށް ފަޟީހަތްވެގެންދާނެ ކަމަށެވެ.

ކެޕޭނުގެ ނަމުގައި ރައްޔިތުން ކައިރިއަށް ވަޑައިގެންނަވަނީ އެ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތައް ހުށައެޅުމަށް ކަމަށާއި، އެބޭފުޅާގެ ކެމްޕެއިން ޓީމުން ކުރައްވަނީ އެކަންތައްތައް ކަމަށެވެ، އެއީ ގައުމަށް ހަމަޖެހުންލިބޭނެ ގޮތަކަަށް ކަމަށެވެ. އެގޮތުން އަނިޔާވެރިކަން ނިމުމަކަށްވެސް ގެނެވޭނީ އޭނާ އަށް ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

“ރައްޔިތުން އަޅުގަނޑާ އިތުބާރުކޮށް އަޅުގަނޑާ ޒިންމާ ހަވާލު ކޮށްފިއްޔާ މިގައުމުގަ ހަމަޖެހުން ގާއިމް ކޮށްދޭނަން” މުއިއްޒު ވިދާޅުވިއެވެ.

މިގޮތުން އެމަނިކުފާނު ހިއްސާވާ ސަރުކާރެއްވާނީ ހުރިހާ ގޮތަކުން އިންސާފުވެރިކަން ގާއިމް ކޮށްދޭނެ ސަރުކާރަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ބަދަލު ހިފުމަކީ ގެންގުޅުއްވާނެ އުސޫލެއްނޫން ކަމަށާއި، ގައުމުގެ މިނިވަންކަން ޔަގީން ކުރުމަށް އެންމެ ފުރަތަމަވެސް އިސްކަން ދޭނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު މިފަދައިން ރައްޔިތުންނާއި މުޙާތަބް ކޮށް ވާހަކަފުޅު ދައްކަވާފައިވާއިރު، އޭނާގެ ވާދަވެރިންވަނީ، އޭނާގެ ދޮންމަންމަ ބޭނުންކޮށްގެން އޭނާ އާއި ދެކޮޅަށް ޑޮކިއުމެންޓްރީއެއް ތައްޔާރު ކޮށްފައެވެ. މުއިއްޒުގެ މި ވާހަކަތަކީ އެކަމާއި ދެކޮޅަށް އޭނާ ދެއްވި، ރައްދެއް ކަމަށް ބެލެވެއެވެ. މުއިއްޒު ވިދާޅުވީ އެއްވެސްމީހެއްގެ ހައްގަކަށް އަރައިނުގަންނާނެ ކަމަށާއި، ނިދުމުގެ ކުރިން ލިބޭ ހިންހަމަޖެހުމަކީ ހައްގަކަށް އަރައިނުގަނެވޭ، ކަމުގެ ޔަގީން ކަންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: