ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރު ބާއްވާ ރައްޔިތުން މަޖުލީހުގެ އިންތިހާބުގައި އިތުރު ހަ ދާއިރާއެއް ކަނޑައަޅާ 93 ގޮނޑި އަައްޔަން ކޮށް ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވަނީ މާދަމާއިން ފެށިގެންނެވެ. އިލެކްޝަނުން ބުނީ ޝަކުވާ ބަލައިގަންނާނީ 2023 އޮކްޓޫބަރު 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ކަމަށެވެ.

އިޖުތިމާއީ ހަމަޖެހުމަށް ވިސްނައި، ރައްޔިތުންގެ މަޖުލީހުގެ އިންތިހާބީ ދާއިރާ ކަނޑައެޅުމައްޓަކައި މަޖުލީހަށް އިތުރު ކުރި ގޮނޑިތައްކަޑައަޅާފައިވާ ވަގުތީ ރިޕޯޓް ގައި ބުނެފައިވަނީ، މި ނިންމުމަކީ އިންތިހާބީ ދާއިރާގެ އާބާދީ ހަމަހަމަކުރުމައްޓަކައި ރަށެއްގެ އާބާދީ ބައިކޮށް ދާއިރާއިން ވަކިކޮށް އެހެން އިންތިހާބީ ދާއިރާ އަކާއި ގުޅުވުމައްޓާކާއި، ނިންމުނު ނިންމުމެއް ކަމަށެވެ.

މިގޮތުން ގޮޑި އިތުރުވާ ރަށްރަށުގެ ތެރޭގައި މާލެ ސިޓީ އަށް 2 ގޮޑި އިތުރުވެއެވެ. އަދި މާޅޮސްމަޑުލު ދެކުނުބުރީ (ބ އަތޮޅު) އަށް އެއްގޮޑި އާއި، ކ. އަތޮޅަށް އެއް ގޮނޑީގެ އިތުރުން ހުވަދު އަތޮޅު އުތުރުބުރީ ގއ. އަށްވެސް ގޮނޑިއެއް އިތުރުވެއެެ. މީގެ ތެރޭގައި އައްޑޫ ސީޓިވެސް ހިމެނިފައިވެއެވެ.

އެހެންކަމުން މަޖުލީހުގައި މާލެ ސިޓީން މިހާރު ތަމްސީލް ކުރައްވަމުންގެންދަވާ ޖުމްލަ ގޮނޑީގެ އަދަދަކީ 15 އެވެ. އިތުރުވާ ދެ ގޮނޑިޔާއި އެކު 17 ގޮނޑި ހަމަވާނެެއެވެ. ބ. އަތޮޅުގައި މިހާރު މަޖުލީހުގައި ތަމްސީލް ކުރައްވަނީ ތިން ގޮނޑިއެވެ. މިވީ އިތުރުވުމާއި އެކު އެ އަތޮޅަށް ޖުމްލަ 4 މެމްބަރުން ހަމަވެއެވެ. މީގެ އިތުރުން ގއ. އަތޮޅުގައި މިހާރު މަޖުލީހުގައި ތަމްސީލް ކުރައްވަނީ ތިން ގޮނޑިއެވެ. އެ އަތޮޅަށް އިތުރުވާ ގޮނޑިޔާއެކު 2024 ގައި މަޖުލީހުގައި އެ އަތޮޅުން ތަމްސީލް ކުރައްވާނީ 4 ގޮނޑިއެވެ. އައްޑޫ ސިޓީންވެސް މިހާރު 7 ގޮނޑި މަޖުލީހުގައި ހިމެނިފައިވާއިރު، ދެން ތަމްސީލް ކުރައްވާނީ ޖުމްލަ އަށް ގޮނޑިއެވެ.

އައްޑޫ ސިޓީ އަށް އިތުވެފައިވާ ދާއިރާ އަކީ ފޭދޫ އުތުރު ދާއިރާ އެވެ. އާބާދީގެ ޖުމްލަ އަދަދަކީ 4114 އެވެ. މިއީ މަރަދު ފޭދޫ ދާއިރާއިން ބަޔެއް އުނިކޮށް އުފައްދާފައިވާ އާ ދާއިރާއެވެ. ގއ. އަތޮޅުން އިތުރުވެފައިވާ ދާއިރާ އަކީ ކޮލަމާފުށި ދާއިރާއެވެ. އެ ދާއިރާގައި ހިމެނެނީ އެ އަތޮޅު ކޮލަމާފުއްޓާއި ދެއްވަދޫއެވެ. އެއީ ގެެމަނަފުށީ ދާއިރާއިން ދެއްވަދޫ އުނިކޮށް އަދި ވިލގިލި ދާއިރާއިން ކޮލަމާފުށި އުނިކޮށް އުފައްދާފައިވާ ދާއިރާއެވެ. އެދާއިރާގައި ޖުމްލަ އާބާދީ އަކީ 3265 ފަރާތެކެވެ.

ބ. އަތޮޅަށް އިތުރުވި ދާއިރާއަކީ ހިތާދު ދާއިރާއެވެ. އެ ދާއިރާގައި ހިމެނެނީ ހިތާދޫ، މާޅޮސް، ދަރަވަންދޫއެވެ. އެ ތިން ރަށުގެ އާބާދީ އަކީ 3398 އެވެ.

ކ. އަތޮޅު ހުރާ ދާއިރާގައި ހިމެނެނީ ހުރާ ހިންމަފުށި، ގުޅިއެވެ. އެ ދާއިރާގެ ޖުމްލަ އާބާދީ އަކީ 3544އެވެ. ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ނަން، މާފުށި ދާއިރާގެ ނަމަށް ބަދަލުކޮށް، ކ. އަތޮޅުގައި ހުރާ ދާއިރާ ވަނީ އަލަށް އުފައްދާ ގޮތަށް ހަމަޖައްސައިފައެވެ. މާލެ އަތޮޅަށް އިތުރުވި ދާއިރާ ތަކަކީ ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާއެވެ. މި ދެ ދާއިރާގެ އާބާދީ އަކީ ހުޅުމާލެ އުތުރު ދާއިރާއަށް 4379 އަދި ހުޅުމާލެ މެދު ދާއިރާއަށް 4365އެވެ.

މަޖުލީހަށް މެމްބަރުން އިތުރުކުރަން ނިނަމާފައިވާއިރު، މިކަމާއި ގުޅިގެން ވަރަށް ގިނަ މެމްބަރުންގެ މެދުގައިވަނީ ވަރަށް ގިނަ ބަހުސްތައް ކުރެވިފައެވެ. އެގޮތުން މަޖުލިހުގެ ކުޑަހުވަދޫ ދާއިރާގެ އިއްޒަތްރި މެމްބަރު އަހުމަދު އާމިރު ވިދާޅުވެފަައިވަނީ އަތޮޅަކަށް ރައްޔިތުން މަޖުލީހުގެ ދެ މެމްބަރުން ތިބި ދުވަސްވެސް ހިނގައްޖެ ކަމަށާއި، މިއަދު ރައްޔިތުން އެދެނީ މަޖުލިސް ބޮޑުވާން ނޫން ކަމަށެވެ. މަޖުލީހަށް ގޮނޑި އިތުރުވާގޮތަށް ބޭއްވުމަކީ ރަނގަޅު ގޮތެއްނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ފައިދާހުރި ގޮތެއް ވެސް ނޫންކަމަށެވެ.

ގާނޫނު ހެދި ބަޔަކު މަޖުލީހުގެ ގޮނޑިތައް އިތުރުވާގޮތަށް ހަދާފައިވަނީ އެއީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އާމިރު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ވަރަށް ގިނަބަޔަކު މިކަމަށްވަނީ ފާޑު ކިޔުންތައް އަމާޒު ކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ފާހަގަކުރައްވާ ގޮތުން މަޖުލީހަށް ގޮނޑިއިތުވުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. އަދި ކުޑަ ކަތީބާއި ކަތީބުން ޒަމާނުގައި ރަށުގެ ތަރައްގީ އަށްވެސް މާބޮޑަށް ކުރިއެރުންތައް ހޯދައިދީފައިވާ ކަމަށްވެސް އެފަދަ ފަރާތްތައް ފާހަގަކޮށްފައި ވެއެވެ.

މި ކަމާއި ގުޅިގެން ސިޔާސީ ޕާޓީތަކުން ބުނެފައިވަނީ ރައްޔިތުންނަށް ހެވެއްއެދޭނަމަ މަޖުލީހާއި ކައުންސިލުންގެ އަދަދު މަދު ކުރަންވެސް ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖުލީހާ ކައުންސިލަރުންގެ އަދަދު ބޮޑުވުމަކީ ރައްޔިތުން ބޭނުންވާ ކަމެއްނޫން ކަމަށެވެ.

17 ވަނަ ރައްޔިތުންގެ މަޖުލީހުގައި ތިއްބެވީ 77 މެމްބަރުންނެވެ. 18 ވަނަ މަޖުލީހުގައި ތިއްބެވީ ޖުމްލަ 85 މެމްބަރުން ތިއްބެވިއެވެ. މިހާރު މަޖުލީހުގައި ތިއްބަވީ 87 މެމްބަރުންނެވެ. ކޮންމެ އަހަހަރަކުވެސް މަޖުލީހުގެ އަދަދަށް ބޮޑު ބަދަލެއް އަންނަކަން ފާހަގަ ކުރެވެއެވެ. ދެން މަޖިލިހުން ފެނިގެންދާނީ 93 މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: