ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރުގައި ވޯޓުލީކަމުގެ ނިޝާން ޖަހާނީ ވާއަތު ކަށި އިނގިލީގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ މީހުން ވޯޓުލީކަމުގެ ނިޝާން ވައަތުގެ މެދު އިނގިލީގައި ޖަހަން އިލެކްޝަން ކޮމިޝަނުން ކުރިން ނިންމި ނިންމުން ބަދަލުކޮށް، ވައަތުގެ ކަށި އިނގިލީގައި އެ ފާހަގަ ޖަހަން އެ ކޮމިޝަނުން ނިންމައިފި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަޖެހީ ވައަތުގެ ޝަހާދަތް އިނގިލީގައިކަމަށްވާއިރު، އިލެކްޝަން ކޮމިޝަނުން ފުރަތަމަ ނިންމީ ދެވަނަ ބުރުގައި ވޯޓުލާ މީހުން ދެނެގަތުމަށް ކޮންމެ މީހެއްގެ ވައަތުގެ މެދު އިނގިލީގައި ފާހަގައެއް ޖެހުމަށެވެ.

ނަމަވެސް، އެގޮތަށް ނިންމުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ކޮމިޝަނުން މިހާރު ވަނީ ވައަތުގެ މެދު އިނގިލީގެ ބަދަލުގައި ކަށި އިނގިލީގައި ފާހަގަ ޖެހުމަށް ނިންމާފައެވެ.

ވޯޓު ކަރުދާސްކޮޅު އަތަށް ދިނުމުގެ ކުރިން އެ ފާހަގަ ޖަހާނީ ގިނަ ދުވަހަށް ދެލި ނުފިލާ ހުންނަ މާކަރަކުންނެވެ. ކޮންމެ އިންތިހާބަކާ ގުޅިގެން ވެސް، ފާހަގަ ޖަހާ އިނގިލި ބަދަލުކުރެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.

ދެވަނަ ބުރުގައި 586 ވޯޓްފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މިފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފަ އެވެ. އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ޔޫއޭއީ އަދި އިނގިރޭސިވިލާތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: