ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްލުން މާދަމާ ކުރިއަށްދާނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްލުން މާދަމާ ކުރިއަށްދާއިރު، ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްގު 282،804 މީހަކަށް ލިބިފައިވެއެވެ. ދެވަނަ ބުރުގައި އަލަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ 408 މީހަކު ހިމެނެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓު ލިބިވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ކެނޑިޑޭޓް ނަމްބަރު 4 ޑރ.މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންނެވީ %46.06 އެވެ. ދެވަނައަށް ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓް ނަމްބަރު 3 އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ވޯޓުލީ މީހުންގެ %39.05 ލިބިވަޑައިގެންނެވިއެވެ.

ދެވަނަ ބުރުގައި ކެނޑިޑޭޓް ނަމްބަރު ބަދަލްނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެހެންކަމުން ކެނޑިޑޭޓުން ބޭނުންކުރާނީ ފުރަތަމަ ބުރުގެވެސް ކެނޑިޑޭޓް ނަމްބަރެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ.

ދެވަނަ ބުރުގައި ވޯޓު ފޮށި ބަހައްޓާ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން މިބުރުގައި 586 ވޯޓު ފޮށި ބެހެއްޓުމަށްވަނީ ނިންމާފައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ބަހައްޓާފައިވަނީ 574 ވޯޓު ފޮށްޓެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިލެކްޝަންސް ކޮމިޝަނުންވަނީ އިތުރުކުރައްވާފައެވެ. އެގޮތުން ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 08:00 އިން ހަވީރު 5:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: