ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގދ ވާދޫ ވޯޓް ފޮށި ފަޅާލީ އައިޑީކާޑް މީހަކު ނަގާ އޮޅުވާލުމުން: ވާދޫ ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ވާދޫ ވޯޓް ފޮށި ފަޅާލީ އައިޑީކާޑް މީހަކު ނަގާ އޮޅުވާލުމުން ކަމަށް، ވާދޫ ކައުންސިލް ރައީސް ހަސަން ވިދާޅުވެއްޖެއެވެ.

ހަސަން ސަންގު ޓީވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސުރާރަތު ނަމަކަށް ކިޔާ އެ މިހާ ވޯޓްލާން ދިޔަކަމަށާއި، ނަމަވެސް އޭނާ އަށް ވޯޓްލެވިފައި ނުވާ ކަމަށެވެ. ހަސަަން ވިދާޅުވީ އޭނާ އަށް އެނގިފައިވާ ގޮތުގައި އެމީހާ އައިޑީކާޑް އެމްޑީޕީ އަށް ނިސްބަތްވާ މީހަކު ލާރިދޭނެ ކަމަށްބުނެ ނަގ،ާ ލާރިދީފައި ނުވާތީ އެކަމުގެ ހިންހަމަނުޖެހުމުގައި އޭނާ ކޮށްފައިވާ ކަމެއް ކަމަށް މައުލުމާތު ލިބިފައިވާ ކަމަށެވެ.

މި ކަމާއި ގުޅިގެން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ވޯޓް ގުނަން ތިން މިނެޓަށް ވެފައި އޮއްވާ އޭނާ ވޯޓްްލާ މަރުކަޒަށްވަދެ ވޯޓް ފޮށި ފަޅާލީ ހަސަން ވިދާޅުވިއެވެ.

އަދި އިތުރު މިހަކު ކިޔައިދިނީ އެ އައިޑީކާޑް ނަގާފައިވަނީ އެރަށު ފެނަކައިގައި އުޅޭ މީހެއް ކަމަށެވެ.

ހުވަދު އަތޮޅު ކަނޑުހުޅުދޫގައިވެސް ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. ނަމަވެސް ވޯޓް ފޮށި ފަޅާލާފައި ނުވެއެވެ. ސޯޝަލް މީޑިޔާގައި ދައުރުވާ ވީޑިއޯން ފެންނަނީ އެރަށުގެ ދެ އަންހެނެއްގެ އައިޑީ ކާޑްގެ މުއްދަތު ހަމަވާ ތާރީހް ފޮިހެލާފައިވާތަނެވެ.

އެކަމާއި ގުޅިގެން އެމީހުން ބުނެފައިވަނީ އެކަން ކޮށްފައިވަނީ އެމްޑީޕީ މީހުންކަމަށެވެ. އަދި މި އިންތިހާބުގައި ވޯޓްލުމުގެ ހައްގުން މަހުރޫމް ވެފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: