ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދު ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ރައީސް ސޯލިހާއި ވާދަކުރައްވާ ބޮޑު ނަތީޖާ އެއްވަނީ ހޯދާފައެވެ. މުއިއްޒަށް، މަޖުލީހުގެ ރައީސް މަރުހަބާ ވިދާޅުވެފައިވާއިރު، އޭނާގެެ އެމް.އެން. އަންއޮފިޝަލް އެކައުންޓުން ވެސްް އޭނާ ވަނީ އެއްޗެއް ވިދާޅުވެފައެވެ.

އެގޮތުން ވިދާޅުވެފައިވަނީ “ބޭހާއި ނުކުޅޭތިބަޑި، ނޭނގި ހުއްޓާ އަދައިދާނޭ ގޭމަކޮޔާ ފިހިދާނޭ”. ވަަޓްސް އަޕް ގުރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބާއި ގުޅިގެން އެމްޑީޕީއަށް ލިބިލެއްވާ ނަތީޖާއަށް ފާޑުކިޔާ އެމްޑީޕީ މީހުންނާއި ދިމާނުކުރުމަށެވެ.

އަދި ބަދުބަސް ބުނެ ފުރައްސާރަ ނުކުރުމަށާއި، ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރި ގޮތެއްނޫން ކަމަށެވެ.

އެމްޑީޕީ ފެށުނިއްސުރެ އެމްޑީޕީގެ މައިތަބުގެ ގޮތުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އެޕާޓީން ވަކިވެފައިވަނީ، ޕާޓީތެރޭގައި އުފެދުނު ކޯލުމުގެ ސަބަބުން ކަމަށް ރައީސް ނަޝިދު ވަނީ އެކި ޕޯޑިޔަމްތަކުގައި މީގެ ކުރިން ވިދާޅުވެފައެވެ. އެމަނިކުފާނު އަވަހާރަ ކޮށްލުމަަށް ބޮން ގޮއްވި މައްސަލަގައިވެސް ރައީސް ސޯލިހު ބައިވެރިވުން އޮތް ކަމަށްވެސް ރައިސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެގޮތުން އެމްޑީޕީގެ ތެރޭގައި އުފެދުނު ކޯޅުންތަކުގެ ސަބަަބުން އެމްޑީޕީން ވަކިވެ ވަޑައިގެން ރައީސް ނަޝީދު ވަނީ އޭނާ އަށް ތާއިދު ކުރައްވާ މީހުންނާއި އެކު ދަ. ޑިމޮކްރޭޓްސް ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ. އަދި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރުއްވާ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްފަހު، ލިބުނު ވޯޓާއެކު އެއްވެސް ޕާތީއަކާއި ގުޅިވަޑައިގެންފައެވެއް ނުވެއެެވެ.

އެމްޑީޕީ އަދި/ޕީޕީއެމްޕީއެންސީ ވަނީ ކޯލިޝަނުގެ ދައުވަތު ދެއްވާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބު ނިންމަވާލެއްވީ އެއްވެސްޕާޓީ އަކަށް ތާއިދު ނުކުރައްވައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ޑރ. މުއިއްޒުވަނީ ތާރީހީ ނަތީޖާއެއް ހޯދާފައެވެ. އަދި ދެވަނަ ބުރުގެ ނަތީޖާއިން އޭނާ ވަނީ ގައުމުގެ ވަލިއްޔުން އަމުރުގެ މަގާމު ކަށަވަރު ކުރައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: