ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ކާމިޔާބީއާއިއެކު ޑރ މުއިއްޒު އެންމެ ފުރަތަމަވެސް ގޮވާލީ ރައީސް ޔާމީން މިނިވަން ކުރަން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ދިވެހިންގެ ނިންމުން" ކެމްޕެއިން ނިންމާލުމުގެ ހިނގާލުންގެ ތެރެއިން/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޮޑު ނަތީޖާއެެއް ލިބިވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު މިރޭ ޕާޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވާ ބޭއްވި ޕްރެސްގައި ވިދާޅުވީ ލިބުނު ކާމިޔާބީއާއި އެކު، އަވަސްވެގަންނާނީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ.

ކެމްޕޭނުގައިވެސް ޑރ މުއިއްޒު ވިދާޅުވަމުން ގެންދެވި ގޮތަށް އަބަދުވެސް އަމަލުތައް ބަހައްޓާނެ ކަމަށް ވިދާޅުވަމުން އިތުރަށް ވޮދާޅުވީ ކޮންމެ ދިވެހި ރައްޔިތަކީ ތިމަންމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަރައްޔިތެއް ކަމަށާއި، ކޮންމެ ޕާޓީއެއްގައި ހުއްޓަސް ދިވެހި ރައްޔިތަކަށް ވާނަމަ ލިބިގެންވާ ހައްގުތަކުން މަހުރޫމު ނުކުރައްވާނެ ކަމަށެވެ. އެހެންކަމުން އެއްވެސް ރައްޔިތަކު ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ނުކުރެއްވުމަކީ ވަރަށްބޮޑު އެދުމެއް ކަމަށްވެސް ވިދާޅުވިއެވެ.

“އުފާ ފާޅު ކުރިނަމަވެސް މިދެންނެވިބީދައިން ކުރިއަށްދާން ބޭނުންވަނީ. އަޅުގަނޑުިމެންގެ އުޅުމާއި ގުޅުމަކީ ރިވެތި އަޙްލާގާގުގެ ތެރެއިން ކުރިއަށް ގެންދާ ކަމަކަށްވާން ޖެހޭ.” ޑރ. މުއިއްޒު

ކެމްޕޭނުގައިވެސް އެބޭފުޅާ ވިދާޅުވަމުން އައި ގޮތަށް އަބަދުވެސް އަމަލުތައް ބަހައްޓާނެ ކަމަށް ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ މެމްބަރުންގެ އެންމެބޮޑު ބޭނުމަކީ ރައީސް ޔާމީން މިނިވަން ކުރުމެވެ. މިކަމާއި ގުޅިގެން މުއިއްޒު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ އަަށް ލިބިލައްވާ ބާރުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރާނެ ކަމަށެވެ. އަދި ކެމްޕެއިނަށް އަތޮޅުތެރެއަށް ވަޑައިގެންނެވިއިރު، ކުންފުނިތައް އުވާލާނެ ކަމަށް ފެތުރިފައިވާ ވާހަކަޔާއެކުވެސް ވަރަށް ބޮޑު ޔަގީން ކަމެއް މުއިއްޒުވަނީ ކެމްޕޭނުގެ ތެރޭން ރައްޔިތުންނަށް ދެއްވާފައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ކުންފުނިތައް އުވާނުލާނެ ކަމަށާއި، އެއްވެސް މުއައްޒަފަކު މަގާމުން ވަކި ނުކުރާނެ ކަމަށެވެ. އަދި މި ނޫނަސް ގިނަ ވައުދުތަކެއް އެމަނިކުފާނުވަނީ ވެ ލައްވާފައެވެ. މައިގަނޑު ގޮތެއްގައި މުއިއްޒު ވިދާޅުވަނީ އެބޭފުޅާ ރައްޔިތުންނަަަށް ވެވަޑައިގެންނެވި ހުރިހާ ވައުދުތައް ކަމަށް ބެލެވެއެވެ. އަދި ގައުމުގެ މަސްލަހަތާއި މިނިވަންކަން ދިފާއު ކުރާނެ ކަމަށާއި، ގެއްލިފައިވާ މިނިވަންކަން ހޯދުމަށް އެއްބައިވަންތަކަން އިސްކުރަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: