ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީޙުގެ ޖަލްސާގެ ކޯރަމް ހަމަނުވާން ޖެހޭ ސަބަބެއް ނުވިސްނޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވުމުން ނިންމާލައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރުވެސް ކޯރަމް ހަމަނުވެ ޖަލްސާތައް ކުރިއަށް ނުގެންދެވި ވަނިކޮށް، އިންތިހާބަށްފަހު މިއަދު ބޭއްވި ޖަލްސާވެސް ވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން ނިންމާލާފައެވެ.

ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ މެންބަރުން ހަމަވޭތޯ ބަލަންޖެހޭ ވަގުތު ދީފައިވާކަމަށާއި، ނަމަވެސް މެންބަރުން ވަޑައިގެންފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މެންބަރުންނަށް އެޖެންޑާވެސް ފޮނުވާނެކަމަށް ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، މިއަދުގެ މަޖިލީހަށް މެންބަރުން ވަދެވަޑައިގެން ސަބަބު ނުވިސްނޭކަމަށެވެ.

އެއްގޮތަކަށްވެސް ނުވިސްނޭ މިއަދު ވަޑައި ނުގެންނެވި ސަބަބެއް.

ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖަލްސާ ނިންމާލިއިރު، ޖަލްސާއަށް ހާޒިރުވެ ތިބީ ކިތައް މެންބަރުންކަން ހާމައެއް ނުކުރައްވައެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާ ބޭއްވި ދުވަހު ރައީސް ނަޝީދު ވަނީ، މަޖިލީހުގެ ކޯރަމް ހަމަނުވާ މައްސަލައިގައި އެމްޑީޕީއާއި ވާހަކަދައްކަވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަމިއްލަ މަޞްލަހަތު އިސްކޮންގެން ރައްޔިތުންނާ ދެކޮޅަށް ބޭކާރު ކަންކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަވާކަށް ނުޖެހެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: