ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރުއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނޫސްވެރިންނާއި ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި ބާއްވަވާ މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 11:00 ގައެވެ. 2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ފަހު އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލު ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ. ރައީސް އެންމެ ފަހުުން ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.
ރިޔާސީ އިންތިހާބުގައި އެމްނިކުފާނު ވަނީ މިހާރުގެ އިންތިހާބީ ރައީސް ޑރ. މުއިއްޒުއާއި ބައްދަލު ކުރައްވާ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވާފައެވެ. މި އަހަރުގެ ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރު އަދި ދެވަނަ ބުރުގައި ވެސް އެމަނިކުފާނަށް ކުރި ހޯދިފައެއްނުވެއެވެ. ދެވަނަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ.
މީގެ އިތުރުން ރައީސް ސޯލިހް އިއްޔެ ވަނީ ރައީސް އޮފީހުގައި މުއިއްޒާ ބައްދަލު ކުރައްވައި، އޭނާ އަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވަނީ ރައްޔިތުންގެ ނިންމުން ގަބޫލު ކުރައްވައި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާން ކުރާ ގާނޫނު ކަމަށްވާ ”ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު“ ގައިވާ ގޮތުގެ މަތިން ކުރައްވަން ޖެހޭ އެންމެހާ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

